އަވަސް އަވަހަށް އެކްޓިވިޓީ ޔުނިފޯމު ބަދަލުކުރާތީ ބެލެނިވެރިންގެ ހުސް ޝަކުވާ
އަވަސް އަވަހަށް އެކްޓިވިޓީ ޔުނިފޯމު ބަދަލުކުރާތީ ބެލެނިވެރިންގެ ހުސް ޝަކުވާ

ބެލެނިވެރިއަކު ޝަކުވާކުރީ ކޮވިޑްގެ ކުރިން ބަދަލުކުރި އެކްޓިވިޓީ ޔުނިފޯމް ކުޑަ ދުވަސްކޮޅަކު ލައި، އަލުން ކިޔެވުން ފެށުނުއިރު އަނެއްކާ އާ ޔުނިފޯމަކަށް ބަދަލުކުރުމުންނެވެ. ހަފްތާއަކު އެންމެ ދެ ދުވަހަކު ލާންޖެހޭ ޔުނިފޯމްގެ ޑިޒައިން އަވަސް އަވަހަށް ބަދަލުކުރުން ބެލެނިވެރިންނަށް ބުރައަކަށްވާ ހިސާބަށް ބައެއް ސްކޫލުތަކުގައި ހިނގައްޖެ އެވެ.

އަވަސް އަވަހަށް އެކްޓިވިޓީ ޔުނިފޯމު ބަދަލުކުރާތީ ބެލެނިވެރިންގެ ހުސް ޝަކުވާ
އަވަސް އަވަހަށް އެކްޓިވިޓީ ޔުނިފޯމު ބަދަލުކުރާތީ ބެލެނިވެރިންގެ ހުސް ޝަކުވާ

އެއް ސްކޫލަށް ވުރެ އަނެއް ސްކޫލެއްގެ ޔުނިފޯމް ރީތިކުރުމަށް އޮންނަ ވާދަވެރިކަން ވަރަށް ބޮޑެވެ. ޔުނިފޯމްގެ ޑިޒައިނަށް ބަދަލު ގެންނަތަނާހެން އެހެން ސްކޫލެއްގައި މާ ރީތި ޑިޒައިނެއް ހަދައިފި ނަމަ، އަނެއްކާ ވެސް ބަދަލުކޮށްލަނީ އެވެ. އޭގެ ސަބަބުން ބެލެނިވެރިން އުފުލާ ބުރައަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތެވެ. ތިން ހަތަރު ދަރިން ގެންގުޅޭ މީހުންނަށް ކޮންމެ ފަހަރަކު އެކްޓިވިޓީ ޔުނިފޯމަށް 2000 އެއްހާ ރުފިޔާ ހަަރަދުކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ.

އަވަސް އަވަހަށް އެކްޓިވިޓީ ޔުނިފޯމު ބަދަލުކުރާތީ ބެލެނިވެރިންގެ ހުސް ޝަކުވާ
އަވަސް އަވަހަށް އެކްޓިވިޓީ ޔުނިފޯމު ބަދަލުކުރާތީ ބެލެނިވެރިންގެ ހުސް ޝަކުވާ

އަވަސް އަވަހަށް، ބޮޑު ސަބަބެއް ނެތި އެކްޓިވިޓީ ޔުނިފޯމް ބަދަލުކުރާ މައްސަލަ ބޮޑުވެފައިވާއިރު މިއީ އެޑިއުކޭޝަން މިނިސްޓްރީން އުސޫލެއް ހަދައިގެން ވެސް ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ބެލެނިވެރިން ދެކޭ ހިސާބަށް ކަންތައް ވަނީ ގޮސްފަ އެވެ.

އަވަސް އަވަހަށް އެކްޓިވިޓީ ޔުނިފޯމު ބަދަލުކުރާތީ ބެލެނިވެރިންގެ ހުސް ޝަކުވާ
އަވަސް އަވަހަށް އެކްޓިވިޓީ ޔުނިފޯމު ބަދަލުކުރާތީ ބެލެނިވެރިންގެ ހުސް ޝަކުވާ

އެކްޓިވިޓީ ޔުނިފޯމާ ގުޅިގެން އޮތް ކަންބޮޑުވުންތައް ހިއްސާކުރަމުން ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިއަކު، "މިހާރު" އަށް ބުނީ މީގެ ދެ އަހަރެއް ވަރު ކުރިން އެ ސްކޫލުގައި ޔުނިފޯމް ބަދަލުކުރުމަށް ފަހު އެއް އަހަރު ބޭނުންކުރުމަށް ފަހު އަނެއްކާ ވެސް ޔުނިފޯމަށް ބަދަލު ގެނައި ކަމަށެވެ.

އަވަސް އަވަހަށް އެކްޓިވިޓީ ޔުނިފޯމު ބަދަލުކުރާތީ ބެލެނިވެރިންގެ ހުސް ޝަކުވާ
އަވަސް އަވަހަށް އެކްޓިވިޓީ ޔުނިފޯމު ބަދަލުކުރާތީ ބެލެނިވެރިންގެ ހުސް ޝަކުވާ

"ފަސްޓް އިޔާގައި ބޭނުންކޮށްފައި އަނެއްކާ ބަދަލުކޮށްފި. މިހެން ބަދަލުކޮށްލާ ކޮންމެ ފަހަރަކު އެކްޓިވިޓީ ޔުނިފޯމް ގަތުމަކީ އެފޯޑް ކުރެވޭނެ ކަމެއް ނޫން ހުރިހާ ޕޭރެންޓުންނަށް،" ބެލެނިވެރިއަކު ބުންޏެވެ.

އެ ބެލެނިވެރިޔާ ބުނީ އޭނާގެ އެންމެ ދޮށީ ކުއްޖާ ސްކޫލުގައި ނިމެން ގާތްގަނޑަކަށް ދެތިން މަހަށް ވެފައި އޮއްވާ އޭރު ސްކޫލުން އެންގީ ހުރިހާ ދަރިވަރުން ވެސް އެކްޓިވިޓީ ޔުނިފޯމް ބަދަލުކުރަން ޖެހޭނެ ކަމަށާއި ކުރީގެ ޔުނިފޯމް ލައިގެން ސްކޫލަށް ނުދެވޭނެ ކަމަށެވެ.

"ކުރިން ސްލިޕް ފޮނުވާފައި އޮތީ ކުރީގެ ސްޕޯޓްސް ޔުނިފޯމް ނުލެވޭނެއޭ. ދެން އެހެން ބުނީމަ އަހަރެމެން ވެސް އެ ގަންނަން ތެޅިގަންނާނެތާ. އެކަމަކު އޭގެ ފަހުން ވެސް ކުރީގެ ޔުނިފޯމް ލައިގެން ކުދިން ދާތަން ފެނިގެން ދަރިފުޅާ ސުވާލުކުރީމަ ބުނީ ބައެެއް ކުދިންނަށް އެފޯޑް ނުކުރެވޭތީ 10 ގެ ކުދިން ލައިގެން އަޔަސް އޯކޭއޭ ބުނެފައޭ އޮތީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ މައްސަލައާ ގުޅިގެން ސްކޫލުގެ ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. އަނެއްކާ ޔުނިފޯމް ބަދަލުކުރާއިރު އެ މެޓީރިއަލް ވެސް ވަރަށް ސަކަރާތް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ކުޑަ ކުއްޖާ އަށް ގަންނަން ދިޔައިރު ހުރި މެޓީރިއަލެއް ނޫން ލިބުނީ ބޮޑު ކުއްޖާ އަށް ގަންނަން ދިޔައިރު. ކުޑަ ކުއްޖާ އަށް ޔުނިފޯމް ގަންނަން ދިޔައިރު ވަރަށް ކޮލިޓީ ފޮތި. ދޮވެފައި އިސްތިރި ކުރަން ނުޖެހޭހާ ކޮލިޓީ އެ ފޮތި. އެކަމަކު ބޮޑު ކުއްޖާގެ ޔުނިފޯމް އިސްތިރިކޮށްގެން ވެސް ރޫ ނުފިލާ. އެ ޝަކުވާ ބެލެނިވެރިން ސްކޫލު ގްރޫޕްގައި ވެސް ކުރި،" ބެލެނިވެރިޔާ ބުންޏެވެ.

އެ ބެލެނިވެރިޔާގެ އަނެއް ކަންބޮޑުމަކީ ސްކޫލު ޔުނިފޯމް ބަދަލުކުރާއިރު އެހާ އަލި ކުލައަކަށް ބަދަލުކުރުމުންނެވެ. މިހާރު ޖަމާލުއްދީން ސްކޫލުގެ ޔުނިފޯމް ހުންނަނީ ވަރަށް މަޑު ނޫ ކުލައެއްގަ އެވެ. އޭގެ ސަބަބުން ޔުނިފޯމްގައި އެއްޗެއް ޖެހުނަސް ވަރަށް ބޮޑަށް އެނގެން ހުންނަ ކަމަށް އޭނާ ބުންޏެވެ.

"ސްކޫލު ވައިބާ ގްރޫޕްގައި ބެލެނިވެރިން އޮތް ކަންބޮޑުވުންތައް ހިއްސާކޮށްފައި. ޔުނިފޯމްގެ ފޮތި ވެސް ކޮލިޓީއެއް ނޫން. ވަރަށް ހިތްހަމަނުޖެހޭ ބަދަލުކުރި އިރުވެސް."

މި މައްސަލަ އޮތީ ޖަމާލުއްދީން ސްކޫލުގައި އެކަންޏެއް ނޫނެވެ. މާލޭގެ އިތުރު ސްކޫލުތަކުގައި ވެސް ދޭތެރެއަކުން ޔުނިފޯމް ބަދަލުކުރެ އެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިއަކު ބުނީ އޭނާގެ ދަރިފުޅު މިހާރު ހަތެއްގައި ކިޔަވަމުން އަންނައިރު އެ ކުއްޖާ ކިޔަވަން ފެށިފަހުން ވެސް ދެތިން ފަހަރަށް ސްކޫލުން އެކްޓިވިޓީ ޔުނިފޯމް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ބެލެނިވެރިޔާ ބުނި ގޮތުގައި ޔުނިފޯމު ބަދަލުކުރާއިރު މާބޮޑެތި ބަދަލުތަކެއް ނުވެސް ގެނެ އެވެ. ބައެއް ފަހަރު ހުދު ފަށެއް އުނިކޮށްލައި ސްކޫލުގެ ނަން ފަހަތުގައި ޖެހުން ކަހަލަ ބަދަލެއް ގެނެސްދާނެ އެވެ. އެކަމަކު ޔުނިފޯމްގެ ކޮލިޓީ ވަކި ރަނގަޅު ނޫން ކަމަށް ބުންޏެވެ.

"ތަންކޮޅެއް ކުރިން އިނީ ތަންކޮޅެއް ރަނގަޅު މެޓީރިއަލެއްގައި ޔުނިފޯމް. އެކަމަކު ފަހުން ބަދަލުކޮށްފައި އިނީ އެހާ ރަނގަޅު ފޮއްޗަކަށް ނޫން. ތަނެއްގައި ޖެހުނަސް ރޫ ނެގިފައި ހުރެދާނެ،" އޭނާ ބުންޏެވެ.

މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ސްކޫލުތަކުގައި ވެސް ޔުނިފޯމް ބަދަލުކުރުމަކީ ވަރަށް އާންމު ކަމެކެވެ.

މިދިޔަ އަހަރު އެކްޓިވިޓީ ޔުނިފޯމް ބަދަލުކުރި ވޭމަންޑޫ ސްކޫލުގެ ބެލެނިވެރިއަކު ބުނި ގޮތުގައި ހައެއްކަ ފަހަރު ސްކޫލު އެކްޓިވިޓީ ޔުނިފޯމް ބަދަލުކޮށްފި އެވެ. އެކަމަކު އަބަދު ބަދަލުކުރުމަކީ ބެލެނިވެރިންނަށް އެހާ ފަސޭހަކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ޔުނިފޯމް އަބަދު ބަދަލުކުރާއިރު ރަށްރަށުން އަމިއްލައަށް ގެނެވެން ނޯންނާތީ އެންމެ ދަތީ. ބަޔަކު ވިއްކަން ގެންނާނެ. އެމީހުން ގެނައިމަ ލިބޭނީ."

އޭނާ ބުނި ގޮތުގައި މިފަހުން ބަދަލުކުރި އެ ސްކޫލު ޔުނިފޯމަކީ އާދައިގެ ޑަބަލްނެޓް ފެހި ފޮތީގައި ހުންނަ ޔުނިފޯމެކެވެ. އެކަމަކު އޭގައި އެމްބްރޮއިޑަރީ ބެޖެއް އިނދެ އެވެ. އެހެން ނޫން ނަމަ، ކޮންމެ މީހަކަށް ވެސް ޔުނިފޯމް ފަހައިގެން ބޭނުންކުރެވިދާނެ ކަމަށް ބުންޏެވެ.

"މިހާރު ބެލެނިވެރިންނަށް މާ ފަސޭހަވާނެ އެމީހުންނަށް އަމިއްލައަށް ފެހޭ ގޮތަކަށް މި ޔުނިފޯމް ވެސް އޮންނަންޏާ. ބަޔަކު ކައިރިއަށް ހޯދަން ދުވާހަކަށް ނުޖެހޭނެ. އަނެއްކާ ހަރަދު ވެސް ކުޑަވާނެ،"

އެކަމަކު މިހާރު ބޭނުންކުރާ ޔުނިފޯމް ހުންނަ ފޮތީގެ ސަބަބުން ރޮއްޖެއް ނެގޭއިރަށް ރޫޅިގެންދާ ކަމަށް އޭނާ ބުންޏެވެ. އަދި އޯޑަރު ދޭ ސައިޒު ބޮޑުވިޔަސް ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ.

އެ ސްކޫލުގައި މިދިޔަ އަހަރާއި މިއަހަރު އެއްވެސް ގޮތަކަށް ރަސްމީ ޔުނިފޯމެއް ބޭނުމެއް ނުކުރެ އެވެ. ރަސްމީ ޔުނިފޯމަށް ބަދަލެއް ގެންނަން ވެގެން އެ ޔުނިފޯމް އެއްގޮތަކަށް ވެސް ބޭނުން ނުކުރާތީ އެކްޓިވިޓީ ޔުނިފޯމްގައި ކުދިން ސްކޫލަށް ދާންޖެހޭއިރު ބައެއް ކުދިންނަކީ އެންމެ ޔުނިފޯމެއް ގެންގުޅޭ ކުދިންނެވެ.

"ތިން ހަތަރު ދަރިން ގެންގުޅޭ މީހުން މި ގެންގުޅެނީ އެންމެ ޔުނިފޯމެއް ކޮންމެ ކުއްޖަކަށް. އެކަމަކު ކޮންމެ ދުވަހަކު އެ ޔުނިފޯމް ލައިގެންދާންޖެހޭތީ ބާވެ އަވަސް އަވަހަށް ބަދަލުކުރަން އެބަ ޖެހޭ،" އޭނާ ބުންޏެވެ.

ޔުނިފޯމާ ގުޅޭ އަނެއް ޝަކުވާއަކީ ހޯދަން އުނދަގޫ މައްސަލެއެވެ. އަހަރުގެ މެދު ތެރެއިން ޔުނިފޯމެއް ހޯދަން އުޅެއްޖެ ނަމަ، އެ ނުލިބޭ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރެ އެވެ.

ގާޒީ ސްކޫލާއި ރެހެންދީ ސްކޫލުގެ ބެލެނިވެރިއަކު ބުނީ ސްކޫލު ޔުނިފޯމް ހޯދަން އެތައް ތަނަކަށް ދުވާއިރު ވެސް އެ ނުލިބޭ ކަމަށެވެ.

"ކޮންމެ ފަހަރަކު ދާއިރަށް ބުނާނެ މާދަން އާދޭ މާދަން އާދެ، ދުވަހަކު އެ ލިބޭ ކަމަކަށް ނުވޭ،" ބެލެނިވެރިޔާ ބުންޏެވެ.

ބިޑަށް ހުޅުވާލުމުން އެކްޓިވިޓީ ޔުނިފޯމް ހެދުމުގެ ވިޔަފާރިކުރާ 15 ވަރަކަށް ފަރާތް މިވަގުތު ރާއްޖޭގައި އެބަ އުޅެ އެވެ.

ރާއްޖޭގައި ވަރަށް ފުޅާކޮށް އެކްޓިވިޓީ ޔުނިފޯމްގެ ވިޔަފާރި ކުރަމުން އަންނަ އީވް އިން ބުނީ މީގެ ދެތިން އަހަރެއް ކުރިން އެކްޓިވިޓީ ޔުނިފޯމްގެ ވާދަވެރިކަން ވަރަށް ބޮޑަށް އޮތް ކަމަށެވެ. އެކަމަކު އެއާ އެކު އެޑިއުކޭޝަން މިިނިސްޓްރީން ގައިޑްލައިނެއް ހަދައި ވަރަށް އާދައިގެ ގޮތަކަށް އެކްޓިވިޓީ ޔުނިފޯމް ހެދުމަށް ބާރު އެޅި އެވެ.

އެހިސާބުން އެކަން ތަންކޮޅެއް ހަމައަކަށް އެޅިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ސްކޫލުތަކުގެ މެދުގައި ކޮމްޕެޓިޝަން އޮތީ އެހެން ބަޔަކަށް ވުރެ ރީއްޗަށް ހެދުމުގެ. އެހިސާބުން މިނިސްޓްރީން އޮންނާނެ ގައިޑްލައިނެއް ހަދާފައި ބޭސިކްކޮށް ޔުނިފޯމް ޑިޒައިން ބަހައްޓަން އަންގާފައި،" އޮފިޝަލް ވިދާޅުވި އެވެ.

އީވް ގާމަންޓްގެ އޮފިޝަލަކު ބުނީ އެތަނުން ބިޑް ކާމިޔާބުުކޮށްގެން ސްޕޯޓްސް ޔުނިފޯމް ހަދައިދެމުން އަންނަނީ މިވަގުތު ދެ ސްކޫލަކަށް ކަމަށެވެ. އެއީ ތިން އަހަރުގެ މުއްދަތަކަށް ކަލާފާނު ސްކޫލާއި ހިރިޔާ ސްކޫލަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެބަޔަކު ހަވާލުކުރާ ޑިޒައިނަކާ އެއްގޮތަށް އީވް އިން ސަޕްލައި ކުރަނީ ރާއްޖޭގައި ހުންނަ އެމީހުންގެ އަމިއްލަ ފެކްޓްރީއެއްގައި ޔުނިފޯމް ތައްޔާރުކޮށްގެންނެވެ. އެހެންވެ އެހެން މީހުންނާ ތަންކޮޅެއް އަގު ބޮޑުވާތީ ބިޑްތައް ކާމިޔާބުކުރަން މިހާރު ފަސޭހަ ނުވަނީ ކަމަށް ބުންޏެެެވެ. އެކަމަކު ރަށްރަށުގެ ސްކޫލުތަކާ ގުޅިގެން ވެސް ހިދުމަތް އެތަނުން ދެ އެވެ.

އީވް ގާމަންޓްގެ އިތުރުން ދެން އެ މަސައްކަތުގައި އެންމެ މަޝްހޫރު އެއް ތަނަކީ ޑޮނާޑެވެ.

އެތަނުގެ އޮފިޝަލް ބުނި ގޮތުގައި އެކްޓިވިޓީ ޔުނިފޯމް ސްކޫލުތަކުން އަވަސް އަވަހަށް ބަދަލުކުރާކަން ފާހަގަކުރެވެ އެވެ. އެއް ފަހަރު ބޭނުންކުރާ ޑިޒައިން ދެވަނަ ފަހަރަށް އެމީހުންނާ ހިސާބަށް އަންނައިރު ބަދަލުވާކަމަށް އޭނާ ބުންޏެވެ.

މިވަގުތު ކޮންޓްރެކްޓް ކާމިޔާބުކޮށްގެން ޑޮނާޑުން ހިދުމަތްދެނީ މުހިއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލުގެ އިތުރުން މަޖީދިއްޔާ ސްކޫލަށެވެ.

ބިޑަށް ހުޅުވާލައިގެން މި ވިޔަފާރި ކުރިޔަސް ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ ވެސް ވަރުގަދަ ވިޔަފާރިއެކެވެ. ސްކޫލުތަކުން އެހާ އަވަސް އަވަހަށް ޔުނިފޯމަށް ބަދަލު ގެންނަނީ ކޮންމެވެސް ގާތް މީހަކު އެ ވިޔަފާރިކުރާތީ އެވެ.

އެކަމަކު އެކަން މުޅިން އޮތީ އެހެނެއް ވެސް ނޫނެވެ. ސްކޫލުތަކުގެ ވާދަވެރިކަން ވެސް މާ ބޮޑީ އެވެ.