16 ޖޫން 2022 - 10:36

ތަކުރާރުކޮށް ވަގަށް މުރަނގަފަތް ބިންނަ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.
މުރަނގަފަތް ބިންނަ މީހާ އެކަން ކުރާ ވީޑިއޯއާ އެކު ފުލުހުން ވަނީ އޭނާ ހޯދައިދިނުމަށް އެދި އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހާ އަކީ އެކި ދުވަސްމަތިން ބަނޑޭރިކޮށި ގޯއްޗެއްގައި ހުރި ގަހަކުން މުރަނގަފަތް ބިން ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.
ވީޑިއޯގައި ވަނީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ މި މީހާ ފެބްރުއަރީ 8 ވަނަ ދުވަހު ވަގަށް ފަތް ބިންނަ މަންޒަރެވެ.
ފުލުހުން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެ މައުލޫމާތު ހިއްސާ ކުރަން އެދިފަ އެވެ.