އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަނާގެ މަގާމު ޝިފާނާ އަށް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަނާގެ މަގާމު ޝިފާނާ އަށް

އަންނަ އޯގަސްޓް މަހު ތުރުކިޔޭ ގައި ބާއްވާ، އިސްލާމިކް ސޮލިޑާރިޓީ (މަލްޓި ސްޕޯޓްސް) ގޭމްސްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަކަށް އައިޝަތު ޝިފާނާ ވަޖީހް ހަމަޖައްސައިފި އެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަނާގެ މަގާމު ޝިފާނާ އަށް
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޗެފް ޑި މިޝަނާގެ މަގާމު ޝިފާނާ އަށް

ހޭންޑް ބޯލް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީ މެންބަރު މުއުމިނާ އާދަމް ވަނީ އަޒަރްބައިޖާން ގައި 2017 ގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޑެޕިޔުޓީ ޗެފް ޑި މިޝަނާގެ މަގާމާ އަދާކޮށްފަ އެވެ. އޭރު ޗެފް ޑެ މިޝަނަކަށް ހަމަޖެއްސީ ކެރޮމް އެސޯސިއޭޝަންގެ ކުރީގެ ސެކެރެޓަރީ ޖެނަރަލް މުހައްމަދު ސައީދެވެ.

ޗެފް ޑި މިޝަންގެ ޒިންމާ އަކީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އަދި ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެތުލީޓުންގެ ދުޅަހެޔޮކަމަށް ވެސް ހީޓް އެމްވީ ޖިމްގެ ސީއީއޯގެ މަގާމު ވެސް އަދާކުރަމުން އަންނަ ޝިފާނާ އިސްކަން ދޭނެ ކަމަށް އޮލިމްޕިކް ކޮމިޓީން ބުންޏެވެ.

މިދިޔަ އަހަރު ބާއްވަން ހަމަޖެހިފައި އޮތް ގޭމްސް، މި އަހަރަށް ފަސް ކުރީ ކޮވިޑް-19 ގެ ސަބަބުންނެވެ. ތުރުކިޔޭގެ ކޮންޔާގައި އޯގަސްޓް 9-18 އަށް ކުރިއަށް ގެންދާ ގޭމްސްގައި ރާއްޖެއިން ހަތަރު ކުޅިވަރަކުން އެތުލީޓުންނާއި ޓީމުތައް ވާދަކުރާނެ އެވެ. އެއީ އެތުލެޓިކްސް، ބާސްކެޓްބޯލް، ސްވިމިން އަދި ޓޭބަލް ޓެނިހެވެ.

މި އަހަރު ފަސް ގޭމްސް އެއްގައި ރާއްޖެއިން ބައިވެރިވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެއީ؛ ކޮމަންވެލްތު ގޭމްސް، އޭޝިއަން ގޭމްސް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް، އޭޝިއަން ޔޫތު ގޭމްސް އަދި ޗިލްޑްރަންސް އޮފް އޭޝިއާ ގޭމްސް އެވެ. އެކަމަކު ސެޕްޓެމްބަރުގައި ޗައިނާގައި ބާއްވަން ކުރިން ތާވަލު ކުރި ގޭމްސް، ކޮވިޑާ ގުޅިގެން މިހާރު ވަނީ ފަސް ކޮށްފަ އެވެ. އަދި މިހާތަނަށް އެ ގޭމްސް ބާއްވާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އަންނަ އަހަރަށް އެ ގޭމްސް ފަސް ކުރާނެ ކަމަށް ބެލެވެ އެވެ. ރާއްޖެއިން މިހާތަނަށް މެޑަލް ހޯދި ދެ ގޭމްސް ކަމަށްވާ، ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ވެސް އަންނަ އަހަރު އޮންނާނެ އެވެ. ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މިހާރު ބާއްވާގޮތަށް ހަމަޖެހިފައި ވަނީ މަޑަގަސްކަރައިގަ އެވެ. މަޑަގަސްކަރަ އަށް ގޭމްސް ބަދަލު ކުރީ ކޮވިޑާ ގުޅިގެން ރާއްޖޭގައި ގޭމްސް ބޭއްވެން ނެތް ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފައި ވުމުންނެވެ.