އަމީނިއްޔާ އިން ވިދާލި ފިރިހެން ދަރިވަރު!
އަމީނިއްޔާ އިން ވިދާލި ފިރިހެން ދަރިވަރު!

އަމީނިއްޔާ ސްކޫލުގެ ހިސްޓްރީގައި އަބަދުވެސް ސްކޫލު ކެޕްޓަން ކަން ނުވަތަ ސްކޫލުގެ އެހެނިހެން ޕޯސްޓުތައް ގިނައިން ފުރަމުން އައީ އަންހެން ކުދިންނެވެ. ނަމަވެސް ރިފާއު ވަނީ ތާރީހު ބަދަލު ކޮށްލައި އެ ސްކޫލުގެ ހައުސް ކެޕްޓަން ކަމުގެ މަގާމު ފުރައިފަ އެވެ.

އަމީނިއްޔާ އިން ވިދާލި ފިރިހެން ދަރިވަރު!
އަމީނިއްޔާ އިން ވިދާލި ފިރިހެން ދަރިވަރު!

އެއީ އެ ސްކޫލަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

އަމީނިއްޔާ އިން ވިދާލި ފިރިހެން ދަރިވަރު!
އަމީނިއްޔާ އިން ވިދާލި ފިރިހެން ދަރިވަރު!

ރިފާއު އެ މަގާމަށް ކުރިމަތި ލުމުގެ ކުރިން، މިދިޔަ އަހަރު އޭނާ ވަނީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ކަމަށް ވެސް ކުރިމަތި ލައިފަ އެވެ. އޭރު ފެއިލްވި ނަމަވެސް، ގިނަ ކުދިންގެ ވޯޓަކާ އެކު ސްކޫލުގެ ހައުސް ކެޕްޓަން ކަމުގެ މަގާމު ލިބުމަކީ މުޅި ސްކޫލަށް ވެސް ލިބުނު ވަރަށް ބޮޑު ބަދަލެއް ކަމަށް އޭނާ ވެސް ގަބޫލުކުރެ އެވެ.

އަމީނިއްޔާ އިން ވިދާލި ފިރިހެން ދަރިވަރު!
އަމީނިއްޔާ އިން ވިދާލި ފިރިހެން ދަރިވަރު!

އަމީނިއްޔާ ސްކޫލުން މި އަހަރު ގްރޭޑު 10 ނިންމައި، ސްކޫލުގައި އޮތް ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވި އިބްރާހިމް ރިފާއު، 16، އަކީ އަދިވެސް ވަރަށް ބިޒީ ޝެޑިއުލް އެއްގައި ސްކޫލުގެ ކަންކަމުގައި ބައިވެރިވެ، މަސައްކަތް ކުރަމުން އަންނަ ދަރިވަރެކެވެ.

ކިޔެވުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދިނުމުގެ އިތުރުން ވެސް ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކަށް ރިފާއު ވަގުތު ހުސް ކުރެ އެވެ.

ވަގުތަކީ ވަރަށް މުހިއްމު އެއްޗެއްގެ ގޮތުގައި ސިފަ ކުރަމުން ރިފާއު ބުނީ، ކޮންމެ ކަމަކަށް ވެސް ވަކި ޝެޑިއުލް އެއް ހެދުމަށެވެ. ދުވާލަކު މަދުވެގެން ފަސް ގަޑި އިރު ކިޔެވުމަށް ހޭދަ ކުރުމަށްފަހު، އޭނާގެ ގިނަ ވަގުތު ދެން ހޭދަކުރަނީ ސްކޫލުގައި އޮންނަ އެހެނިހެން ހަރަކާތްތަކަށެވެ. މި ހުރިހާ ކަމެއް ވެސް އޭނާ އޮންނަނީ ޝެޑިއުލް އަކަށް ބަހާލައިފަ އެވެ. ކޮންމެ ދުވަހަކަށް ވެސް ރިފާއުގެ ވަކި ޝެޑިއުލްތަކެއް ހަދާފައި އޮވެ އެވެ.

ސްކޫލުގެ ކަންކަމުގައި މާބޮޑަށް ބިޒީ ދުވަސްކޮޅެއް ނަމަ، މައިންބަފައިން ވެސް އޭނާގެ ކަންކަމުގައި އެހީތެރިވެ ދެއެވެ. ޓީޗަރުންގެ ފަރާތުން ވެސް ގިނަގުނަ އެހީތެރިކަމެއް ލިބޭ ކަމަށް ރިފާއު ފާހަގަ ކުރި އެވެ.

ރިފާއު އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކަށް އޭނާ ފާހަގަ ކުރީ ސްކޫލު ހައުސް ކެޕްޓަން ކަން ލިބުނު ދުވަހެވެ. މިދިޔަ އަހަރު ޕްރައިޒް ޑޭގައި އޭނާ އަށް ވަނީ އެކި މާއްދާތަކުން، އަށް އެވޯޑެއް ލިބިފަ އެވެ. މިއީ ވެސް އޭނާ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

ރިފާއު އެދެނީ ހުރިހާ ކުދިން ވެސް އެ ކުއްޖަކަށް ވީ ވަރަކުން، ކިޔެވުމާއި އެއްވަރަށް ސްކޫލުގައި ހިންގާ އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވުމަށެވެ. އަދި މި ޒަމާނަކީ ވަސީލަތްތައް ލިބި، އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފި ނަމަ، ކުރިއެރުމާއި ކާމިޔާބު އެއީ ކޮންމެ ކުއްޖަކަށް ވެސް ލިބޭނެ އެއްޗެއް ކަމަށް އޭނާ ދެކެ އެވެ.