ދަރިވަރުންނަށް؛ މި އޮތީ ޑިޖިޓަލް އެހީގެ ގައިޑެއް
ދަރިވަރުންނަށް؛ މި އޮތީ ޑިޖިޓަލް އެހީގެ ގައިޑެއް

އެކި އުމުރުފުރާގެ ދަރިވަރުންނަށް އަމާޒުކޮށް ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ޑިޒައިން ކޮށްފައިވާ ބައިވަރު މޮބައިލް އެޕްލިކޭޝަންތަކާއި ވެބްސައިޓުތައް އެބަ ހުއްޓެވެ. މި އާޓިކަލުގައި މި ބަލާލަނީ މިފަދަ ވެބްސައިޓުތަކާއި ބައެއް އެޕްލިކޭޝަންތަކަށެވެ.

ކުއިޒްލެޓް

މިއީ ސައިންސްގެ އެކި މާއްދާތަކުގެ މައުލޫމާތާއި ސްޓަޑީ ޓެސްޓުތަކެއް އެކުލެވޭ ވެބްސައިޓެކެވެ. މިއީ ޓެސްޓުތަކަށް ދަރިވަރުން ތައްޔާރު ކުރުމަށް އެކި ޓޮޕިކްތަކުގެ ފްލޭޝްކާޑާއި، ކިޔެވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ނޯޓުތައް ލިބެން ހުންނަ ސައިޓެކެވެ. ކުއިޒްލެޓްގެ އެކި މޯބައިލް އެޕްލިކޭޝަން ވެސް ހުރެއެވެ.

ބްރެއިން ޕޮޕް

މިއީ ސްކޫލުގައި ކިޔަވާ ގިނަ މާއްދާތަކަކަށް އެހީތެރިކަން ލިބެން ހުރި ވެބްސައިޓެކެވެ. މި ސައިޓުގައި އާޓްސް، ޓެކްނޮލަޖީ، ސޯޝަލް ސްޓަޑީޒް، ހެލްތު އަދި ސައިންސާ ގުޅޭ ކުއިޒުތަކާއި ގޭމުތަކާއި މި މާއްދާތަކާއި ގުޅުން ހުރި މައުލޫމާތުތައް ލިބެން ހުރެއެވެ. އަދި ލިޔުމާއި ކިޔުން ތަރައްގީ ކުރުމަށް އެހީތެރިވާ ގިނަ ބައިތަކެއް ހުރެއެވެ.

ގެޓްއެޕިކް

މިއީ ޑިޖިޓަލް ލައިބްރަރީއެކެވެ. ގެޓްއެޕިކްގެ މޮބައިލް އެޕްލިކޭޝަން ނުވަތަ ވެބްސައިޓު މެދުވެރިކޮށް އެކި އުމުރުފުރާތަކާއި ގުޅޭ ވާހަކަ ފޮތްތަކާއި އާއްމު މައުލޫމާތު ހިމެނޭ ގިނަ ފޮތްތައް ކިޔޭނެއެވެ.

ފޮޓޯމެތް

މިއީ ހިސާބުހެދުމަށް އެހީތެރިވާ އެޕެކެވެ. މިމ އެޕު މެދުވެރިކޮށް އެކި އީކުއޭޝަންތައް ހަދާނެ "ސްޓެޕް ބައި ސްޓެޕް" ގައިޑު ލިބިގެން ދާނެއެވެ.

މުސްލިމް ކިޑްސް ޓީވީ

މިއީ ދީނީ ގިނަ ފިލާވަޅުތަކެއް ލިއްބައިދޭ ކާޓޫނާއި ގޭމް ހުންނަ ވެސްސައިޓެކެވެ. އަދި މި ވެބްސައިޓުން އެކި އުމުރުފުރާތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ އަރަބި ފިލާވަޅު ވެސް ހުރެއެވެ.

ހާން އެކަޑެމީ

މިއީ އެކި އުމުރުފުރާތަކުގެ ކުދިންނަށް އެކި ދާއިރާތަކުގެ ކޯސްތައް ލިބެން ހުރި ވެބްސައިޓެކެވެ. މި ސައިޓުގައި ހުންނާނީ މެތްސް، ސައިންސް، ލެންގުއެޖް އަދި އާޓްސްގެ އެކި ކޯސްތަކެވެ.

ޓެޑް އެޑް

މިއީ ކުޑަކުދިން އެކި ކަންތައްތަކަށް އަހުލުވެރިކުރުވުމަށް މުހިންމު ލިޔުންތަކެއް ޝާއިއު ކުރާ ވެބްސައިޓެކެވެ. މި ލިޔުންތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ކަންތައްތަކުގެ މައުލޫމާތާއި، މުހިންމު އެކި މައްސަލަތަކާއި އާއްމު އެކި މައުލޫމާތު ކުދިންނަށް ދޭހަވާ ގޮތަށް ފަރުމާ ކޮށްފައިވާ އާޓިކަލްތަކެކެވެ.

ޗެގް ޕްރެޕް

މިއީ ޓެސްޓުތަކަށް ތައްޔާރުވުމަށް ފްލޭޝްކާޑު ތައްޔަރު ކުރުމަށް އެހީތެރިވާ އެޕެކެވެ.

އެޑެކްސް

މިއީ މަތީ ތައުލީމަށް ތައްޔާރުވަމުންދާ ކުދިންނަށް މުހިންމު ވެބްސައިޓެކެވެ. މި ވެބްސައިޓުން ދުނިޔޭގެ އެކި ޔުނިވާސިޓީތަކުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ލިބޭނެ އެވެ.

ކޯސެރާ

މިއީ އޮންލައިންކޮށް އެކި ޔުނިވާސިޓީތަކުގެ ކޯސްތައް ހެދެން ހުންނަ ވެބްސައިޓެކެވެ. މި ސައިޓުގައި ސެޓްފިކެޓު ލެވެލުން ފެށިގެން މާސްޓާޒް ލެވެލްގެ ގިނަ ކޯސްތަކެއް ހުރެއެވެ.