އެމްއެންޔޫގެ "ފަހި ދުވަސް" އަންނަ ހަފްތާގައި
އެމްއެންޔޫގެ "ފަހި ދުވަސް" އަންނަ ހަފްތާގައި

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޯޕަން ޑޭ، "ފަހި ދުވަސް" އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޔޫ އިން ބުނީ މި ހަރަކާތަކީ އެމްއެންޔޫގެ އެކި ސެންޓަރުތަކާއި ފެކަލްޓީތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުގެ ތެރޭގައި އެމްއެންޔޫގެ އަށް އެޕްލައިކުރަން ބޭނުންވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބަލައިގަތުން ކުރިއަށް ދާނެ ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ. މީގެ އިތުރުން އޯލެވެލް އާއި ތައުލީމީ އެހެނިހެން ލިޔެކިޔުންތައް އެޓެސްޓު ކުރުމުގެ ހިދުމަތް ވެސް މި އިވެންޓުގެ ތެރެއިން ލިބިގެން ދާނެ ކަމަށް އެމްއެންޔޫ އިން ބުނެއެވެ.

އެމްއެންޔޫގެ "ފަހި ދުވަސް" އިވެންޓުގެ ތެރޭގައި ބަހާއި އިންސާނީ ހިދުމަތުގެ ދާއިރާ، ތައުލީމީ ދާއިރާ، އިންޖިނިއަރިން ދާއިރާ، ސިއްހީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ އާއި ޝަރުއީ ދާއިރާ ފަދަ ދާއިރާތަކުން އެމްއެންޔޫގައި ހެދެން ހުރި ކޯސްތަކުގެ މައުލޫމާތުތައް ލިބޭނެއެވެ. މީގެ އިތުރުން، ޔުނިވާސިޓީގެ ފަންނީ ދާއިރާގެ ލެކްޗަރުންނަށް ޔުިވާސިޓީގައި ހުރި ފުރުސަތުތަކާއި ޕްރގުރާމުގެ ތަކުގެ މައުލޫމާތު ވެސް ދޭނެއެވެ.

އެމްއެންޔޫ އިން ބާއްވާ މ ިހަރަކާތް ކުރިއަށް ދާނީ އާދިއްތަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.