މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ
މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

ހިލަ އާއި ހިލަވެލި ބަރުކޮށްގެން ފަސް މީހުންނާއެކު ދަތުރުކުރި ދޯންޏެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނީ މާލެ އިން ފުރައިގެން ޅ. ނައިފަރަށް ދަތުރު ކުރަނިކޮށް، ކ. ކަގި ކައިރި އަށް އަޑި އަށް ދިޔައީ 95 ފޫޓުގެ "ވިލު 2" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

ދޯނި އަޑި އަށް ދިޔައިރު އޭގައި ފަސް މީހުން ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ދޯނީގެ ވެރިފަރާތާ ގުޅިގެން އެ ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.