30 ޑިސެމްބަރ 2016 - 06:36

އާ އަހަރުގެ ފެށުން ފާހަގަކުރާ ނަމަ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބަރާބަރު 12:00 އާ ހިސާބުން އަހަރު ނިމުނީ ކަމަށް ނުބަލާށެވެ. ދުނިޔޭގެ ހިނގުމަށް އައިސްފައިވާ ލަސްވުމާ ގުޅިގެން މި އަހަރަށް އެއް ސިކުންތު އިތުރުކުރަން ޖެހެނީ އެވެ.
އަހަރެމެން މި އުޅޭ ޕްލެނެޓް ކިތަންމެ ބޮޑަށް ކަނޑުގެ ރާޅުތަކުގެ ސަބަބުން "ބުކެރި ޖެހި" ދުނިޔެ އެނބުރޭ ބާރުމިން ލަސްކުރުވަ އެވެ. އެގޮތުން ކޮންމެ ގަރުނަކުން ދުވާލަކަށް ދެ މިލިސެކަންޑް (ސިކުންތެއްގެ އެއް ހާސް ބައިކުޅަ ދެ ބައި) ލަސްވާ ކަމަށް، ނެވިގޭޝަން އާއި ވަގުތު އަދި ޕޮޒިޝަނާ ބެހޭ ގޮތުން ދިރާސާކުރާ އެމެރިކާގެ ނޭވަލް އޮބްޒަވޭޓަރީން ބުނެ އެވެ.
ނަތީޖާ އަކީ "އެޓޮމިކް ކްލޮކް" އަށް ވުރެ ދުނިޔޭގެ އެނބުރުން ލަސްވުމެވެ.
މީގެ ބައި ގަރުނު ކުރިން ސައިންސްވެރިން ވަނީ ނުޖޫމީ އިލްމަށް ބިނާކޮށް ގަޑި ހަމަކުރުން ހުއްޓާލުމަށް އެއްބަސްވެފަ އެވެ. އޮކްޓޫބަރު 1967 ގައި ބޭއްވި 13 ވަނަ "ޖެނެރަލް ކޮންފަރެންސް އޮން ވެއިސް އެންޑް މެޝާސް" ގައި އެއްބަސްވީ ދުނިޔެ ދައުރުވުމުގައި ހޭދަވާ ވަގުތަށް ބިނާކޮށް ސިކުންތު ކަނޑައެޅުމަށެވެ. މިގޮތަށް ނިންމި ފަހުން މިހާތަނަށް ދުނިޔޭގެ ދައުރުވުމަށް ދެ މިލިސެކަންޑު ވަނީ ލަސްވެފަ އެވެ. އެހެންވެ ކޮންމެ 500 ދުވަހަކުން "ލީޕް ސެކަންޑް" އެއް ވަގުތަށް އިތުރުކުރަން ޖެހެ އެވެ.
މި ސިކުންތުގެ އިތުރުވުމުން އަހަރެމެންނަށް އެނގުމެއް ނުވާނެ އެވެ. އެކަމަކު މިއީ ރަމްޒީ މުހިންމު ސިކުންތެކެވެ.