ދިރާގުން 145ރ. އަށް 23 ޖީބީ ލިބޭ ޕްރޮމޯޝަނެއް!
ދިރާގުން 145ރ. އަށް 23 ޖީބީ ލިބޭ ޕްރޮމޯޝަނެއް!

ދިރާގުން 145ރ. އަށް 23 ޖީބީގެ ޑޭޓާ ލިބޭ "ލިމިޓެޑް އޮފާ" ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއީ "ސަޅި ޕްރިޕެއިޑް" ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 23 ޖީބީގެ ޑޭޓާ ލިބޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން ސަޅި ވީކްލީ ޕްލޭން އެކްޓިވޭޓު ކުރުމުން ހަފްތާ ބަންދު ތެރޭގައި ދިރާގުގެ "ސަޅި ޕްރިޕެއިޑް" ކަސްޓަމަރުންނަށާއި ދިރާގު ޕްރީޕެއިޑް ކޮމްބޯ ބޭނުންކުރާ ކަސްޓަމަރުން 3 ޖީބީ ޑެއިލީ ޑޭޓާ ނެގުމުން އިތުރު 2 ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބޭނެ އެވެ.

ހަފްތާ ބަންދުގައި ލިބޭ ސޯޝަލް މީޑިއާ ޑޭޓާގެ ތެރޭގައި ފޭސްބުކާއި، އިންސްޓަގްރާމާއި، ޓުވިޓާ އަދި ސްނެޕްޗެޓު ހިމެނެ އެވެ. މީގެއިތުރުން، "ސަޅި ވީކްލީ ޕްލޭން" އެކްޓިވޭޓުކުރާ ކަސްޓަމަރުންނަށް ދިރާގު ނަމްބަރުތަކަށް އަންލިމިޓެޑުކޮށް ގުޅޭނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ދުވާލަކަށް ލިބޭ 3 ޖީބީގެ ޑޭޓާ އާއި ސޯޝަލް މީޑިއާގެ 2 ޖީބީ ޑޭޓާއާ އެކު ޖުމްލަ 23 ޖީބީ ޑޭޓާ ކުޑަ އަގެއްގައި މުޅި ހަފްތާ އަށް ލިބެ އެވެ.

މި ޕެކޭޖު ދިރާގު މޮބައިލް އެޕުން އެކްޓިވޭޓު ކުރެވޭނެ އެވެ.