އެސޯސިއޭޝަން ކަޕް: ފިރިހެން ޑިވިޝަންގެ ތާރީހީ މުބާރާތް މިރޭ ފަށަނީ
އެސޯސިއޭޝަން ކަޕް: ފިރިހެން ޑިވިޝަންގެ ތާރީހީ މުބާރާތް މިރޭ ފަށަނީ

ވޮލީބޯލް އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަންގެ ތާރީހީ މުބާރާތް މިރޭ ފަށަން، ވީއޭއެމުން ތައްޔާރު ވެއްޖެ އެވެ.

އެސޯސިއޭޝަން ކަޕް: ފިރިހެން ޑިވިޝަންގެ ތާރީހީ މުބާރާތް މިރޭ ފަށަނީ
އެސޯސިއޭޝަން ކަޕް: ފިރިހެން ޑިވިޝަންގެ ތާރީހީ މުބާރާތް މިރޭ ފަށަނީ

މި އަހަރުގެ މުބާރާތަށް، ވީއޭއެމުން ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ހަމަޖައްސައި ދިނީ ވީއޭމުންނެވެ. އެގޮތުން އެ އެސޯސިއޭޝަނުން އެކުލަވާލި 18 ކުޅުންތެރިންގެ ޕޫލަކުން، ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން ހަމަޖައްސައި ދިނެވެ. ކުޅުންތެރިން ޓީމުތަކަށް ބަހާލީ ވީއޭއެމުން ބޭއްވި ސީޒަން ޑްރާފް ހަފުލާގައި ނެގުނު ގުރުންނެވެ.

މީ ރާއްޖޭގެ ތާރީހުގައި ކުޅިވަރު އެސޯސިއޭޝަނަކުން، ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ހަމަޖައްސައި ދިން ފުރަތަމަ ފަހަރެވެ. މި ތާރީހީ ބަދަލާއެކު މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ މުބާރާތް އެހެން އަހަރުތަކަށް ވުރެ ފޯރި ގަދަ ވާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ވީއޭއެމްގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަން، އަދި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފައި ވަނީ މުބާރާތުގެ އެއް ވެސް ޓީމަކަށް ފަސޭހަ މެޗެއް ކުރިމަތި ނުވާނެ ކަމަށެވެ.

"މިފަހަރު ނޭނގޭނެ ބުނާކަށް މިވެނި ޓީމަކުން މުބާރާތް ނަގާނޭ ބުނާކަށް،" ކާއްޓޭ ބުނެފައި ވެއެވެ.

ހާއްސަ މިޔުޒުކްގެ ހަފުލާއަކަށް ފަހު މިރޭގެ ފުރަތަމަ މެޗު ފަށާނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ މުބާރާތުގެ ރަނަރަފް ޕޮލިސް ކަލްބާއި ގްޑީސް ސްޕޯޓްސް ކްލަބެވެ. އެންމެ ފަހުގެ މުބާރާތް 2019 ގައި ޕޮލިސް ކްލަބް ބަލިކޮށް ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އެވެ.

މިރޭގެ ދެވަނަ މެޗުގައި އޮފްއެފްސީ އާއި ކްލަބް ވެމްކޯ ކުޅޭ މެޗު ފަށާނީ 9:45 ގަ އެވެ. މުބާރާތުގެ ކޮންމެ ރެއަކު ވެސް ދެ މެޗު ކުޅޭނެ އެވެ. މި މަހުގެ 23 އާ ހަމައަށް ކުރިއަށްދާ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ، ރައުންޑް ރޮބިން (ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރުމަށް ފަހު) އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

ފައިނަލުގެ ފަހު ޖާގަ ހޯދަން ވާދަ ކުރާނީ ރައުންޑް ރޮބިން ބުރުން ދެވަނަ އަދި ތިން ވަނަ ހޯދާ ޓީމެވެ. އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ މުބާރާތް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާމިޔާބު ކުރީ ވެމްކޯ އެވެ. ޕޮލިސް ކްލަބްގެ މައްޗަށް ވެމްކޯ ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.