09 ޖޫން 2022 - 19:53

އެމްޕީއެލުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
އެ ވަޒީފާތަކުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެވްރެޖްކޮށް 8،000ރ-12،000ރ. އާ ދެމެދުގެ އަދަދެކެވެ.
އެ ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ ވެއާ ހައުސް އެސޯސިއެޓާއި ލޭބަރުންނާއި ސެކިއުރިޓީ އޮފިސަރުން އަދި އޮޕަރޭޝަނަލް ދާއިރާގެ ވަޒީފާތަކެވެ.
* ސެކިއުރިޓީ އެސިސްޓެންޓް. މުސާރަ: 8،000ރ-10،000ރ.
* އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރު. މުސާރަ: 8،000ރ-10،000ރ.
* އެސިސްޓެންޓް އޮޕަރޭޓަރު. މުސާރަ: 8،000ރ-10،000ރ.
* ސެކިއުރިޓީ އެސިސްޓެންޓު. މުސާރަ: 10،000ރ.-15،000ރ.
* ކްރޫ. މުސާރަ: 10،000ރ.-15،000ރ.
* ޑްރައިވަރު. މުސާރަ: 10،000ރ.-15،000ރ.
* އެސިސްޓެންޓް އިލެކްޓްރިޝަން. މުސާރަ: 14،000ރ.-16،000ރ.
* މެކޭނިކް. މުސާރަ: 10،000ރ.-15،000ރ.
* އެސިސްޓެންޓް ސާވިސް އިންޖިނިއަރު. މުސާރަ: 10،000ރ.-15،000ރ.
އެމްޕީއެލްގެ ސްޕޯކްސް ޕާސަން ދާނިޝް ނިޒާމް ވިދާޅުވީ، މުވައްޒަފުން ތަމްރީނު ކުރުމުގެ އެކި ފުރުސަތުތައް އެ ކުންފުނިން ފަހި ކޮށްދޭނެ ކަމަށާއި އުއްމީދަކީ ވީހާ ވެސް ގިނަ ބަޔަކު އެ ފުރުސަތުތަކުގެ ބޭނުން ހިފައި، އެމްޕީއެލްއާ ގުޅުން ކަމަށެވެ.
އެ ކުންފުނިން ބުނީ އެ ވަޒީފާގެ ފުރުސަތުތަކަށް މި މަހުގެ 18 ވަނަ ދުވަހާ ހަމަ އަށް ސީވީ ބަލައިގަންނާނެ ކަމަށެވެ.