އޯކޭ ސަޕްލައި: ބުއިންތައް ތައްޔާރުކުރުމަށް އޮތް ހައްލު
އޯކޭ ސަޕްލައި: ބުއިންތައް ތައްޔާރުކުރުމަށް އޮތް ހައްލު

ރާއްޖޭގައި ރެސްޓޯރަންޓްތަކާއި ޓޭކްއަވޭ މާކެޓް ބޮޑުވެ، އެފަދަ ތަންތަނުން ތަފާތު ވައްތަރުގެ ބުއިންތައް ވިކޭ އަދަދު ވަނީ އިތުރުވެފަ އެވެ. މާލެ އިން ބޭރަށް ބަލާލި ނަމަވެސް، ރާއްޖޭގެ ކޮންމެ ރަށެއްގައިހެން މި ވިޔަފާރި ހިންގަ އެވެ. ހާއްސަކޮށް ގެސްޓްހައުސްތަކުގެ ވިޔަފާރި ފުޅާކޮށް ހިންގާ ރަށްރަށުގައި އެކި ބާވަތްތަކުގެ ބުއިންތައް ވިކޭ އަދަދު ވަރަށް ގިނަ އެވެ. އަދި އެފަދަ ތަންތަނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތްތައް ދޭ ތަންތަން ވެސް ގިނަ އެވެ. އޭގެ ތެރޭގައި އޯކޭ ސަޕްލައިއަކީ ފާހަގަކޮށްލެވޭ ސަޕްލަޔަރެކެވެ.

އޯކޭ ސަޕްލައި: ބުއިންތައް ތައްޔާރުކުރުމަށް އޮތް ހައްލު
އޯކޭ ސަޕްލައި: ބުއިންތައް ތައްޔާރުކުރުމަށް އޮތް ހައްލު

އޯކޭ ސަޕްލައި އިން އެންމެ ފާހަގަކޮށްލެވެނީ ބުއިންތައް ތައްޔާރުކުރުމަށް ބޭނުންވާ ތަފާތު ވައްތަރުގެ ފްލޭވާގެ ސިރަޕާއި، ޕިޔުރީ އާއި، ޕައުޑަރާ، ޓޮޕިން އަށް ހާއްސަކޮށް ތައިލެންޑުގައި އުފައްދާ އަދި ތައިލޭންޑާއި އޭޝިއާގެ ގައުމުތަކުގައި މަގުބޫލުކަން ހޯދަމުން އަންނަ ލޯންގްބީޗް ބްރޭންޑްގެ އުފެއްދުންތަކެވެ. މި ވަގުތު ވެސް 90 އަށް ވުރެ ގިނަ ވައްތަރުގެ ފްލޭވާ އޯކޭ ސަޕްލައިގައި ލިބެން އެބަހުއްޓެވެ. ލޯންގްބީޗްގެ އުފެއްދުންތަކަކީ "ދަ އަލްޓިމޭޓް ބެވަރޭޖް ސޮލިއުޝަން"ގެ ގޮތުގައި މާކެޓްކުރާ އުފެއްދުމެކެވެ.

އޯކޭ ސަޕްލައި: ބުއިންތައް ތައްޔާރުކުރުމަށް އޮތް ހައްލު
އޯކޭ ސަޕްލައި: ބުއިންތައް ތައްޔާރުކުރުމަށް އޮތް ހައްލު

އޯކޭ ސަޕްލައިގައި ރާއްޖޭގެ ޓޭކްއަވޭ މާކެޓްގައި މަގުބޫލުކަން ހޯދައިފައިވާ ތަފާތު ވައްތަރުގެ ސައި އަދި ކޮފީ ފަދަ ބުއިންތައް ތައްޔާކުރާ މެޝިނާއި، އެއާއެކު ބޭނުންކުރާ ޕްރީމިކްސް ޕައުޑަރުގެ ހުރިހާ ފްލޭވާއެއް ލިބެން ހުންނާނެ އެވެ. އޯކޭ ސަޕްލައިގެ ފަރާތުން މެޝިން ގަންނަ ފަރާތްތަކަށް މެޝިން ސެޓްކޮށްދިނުމާއި، މެޝިނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދެ އެވެ.

އޯކޭ ސަޕްލައިގައި ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދައިފާ ޖޫގޯ މިކްސްތަކާ އެއާއެކު ބޭނުންކުރާނެ ޑިސްޕޯސިބަލް ތައްޓާއި ހޮޅި އާއި، ކާބޯތަކެތި ބަންދުކުރާނެ ތަފާތުވައްތަރުގެ ތަކެތި ލިބެން ހުރެއެވެ. މި ސަޕްލަޔަރުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން ފަސޭހަކަމާ އެކު މުދާ ގަނެ، ގަންނަ ފަރާތްތަކަށް އެ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިގޮތުން ތަކެތި ގަންނަ ފަރާތުގެ ސަޕްލައި ދޯންޏާ ހަމައަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ދުވަހުން ދުވަހަށް ދެއެވެ.

އޯކޭ ސަޕްލައި އިން ލިބެން ހުންނަ މުދަލާއި އަދި ދޭ ހިދުމަތްތަކުގެ މައުލޫމާތު 7778505 ނުވަތަ 7779822 ނަމްބަރުން ލިބޭނެ އެވެ. އަދި އޯކޭ ސަޕްލައިގެ މައުލޫމާތު ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބެން ހުންނާނެއެވެ.

ފޭސްބުކް: Ok supply
އިންސްޓަގްރާމް: oksupply_mv