އައިލެންޑް އޭވިއޭޝަންގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި
އައިލެންޑް އޭވިއޭޝަންގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑިރެކްޓަރުންގެ ބޯޑަށް އިއްޔެ ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައިވާ ގޮތުން އައިއޭއެސްގެ ބޯޑަށް އައްޔަންކުރީ ސ. ހިތަދޫ، ފްރެސްކޯ، މުހައްމަދު ވަހީދު ހުސައިނެވެ. އޭނާ އައްޔަންކުރީ ނޮން އެގްޒެކެޓިވް މެމްބަރެއްގެ ގޮތުގަ އެވެ.

މިދިޔަ ހަފުތާގައި ވެސް އައިއޭއެސްގެ ބޯޑަށް ބޭފުޅަކު ވަނީ އައްޔަންކޮށްފަ އެވެ. މިދިޔަ ހަފުތާގައި އެ ބޯޑަށް އައްޔަންކުރީ އެމްޓީސީސީގެ ބޯޑުގެ މެމްބަރަކަށް ކުރިން ހުުންނެވި ސިނާން އަލީ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކޮށް ވަކިކުރާނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.