ވިލާ ކޮލެޖާއި ޔޫއެންއެފްޕީއޭ ގުޅިގެން "ސްވޮޕް ރިޕޯޓް 2022" ލޯންޗުކޮށްފި
ވިލާ ކޮލެޖާއި ޔޫއެންއެފްޕީއޭ ގުޅިގެން "ސްވޮޕް ރިޕޯޓް 2022" ލޯންޗުކޮށްފި

ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އާއި ވިލާ ކޮލެޖް ގުޅިގެން ރާއްޖޭގައި ސްޓޭޓް އޮފް ދަ ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓް 2022 މިއަދު ލޯންޗުކޮށްފި އެވެ.

ވިލާ ކޮލެޖާއި ޔޫއެންއެފްޕީއޭ ގުޅިގެން "ސްވޮޕް ރިޕޯޓް 2022" ލޯންޗުކޮށްފި
ވިލާ ކޮލެޖާއި ޔޫއެންއެފްޕީއޭ ގުޅިގެން "ސްވޮޕް ރިޕޯޓް 2022" ލޯންޗުކޮށްފި

ވިލާކޮލެޖުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ އާބާދީއާ ގުޅުން ހުރި ދިރާސާތަކާއި މައުލޫމާތު ހާމަކުރުމުގައި އެއްބާރުލުން ދިނުމަށް ޔޫއެންއެފްޕީއޭ އާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެއް ކަމަށެވެ. އެ ރިޕޯޓް ލޯންޗްކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދެވެ.

ވިލާ ކޮލެޖާއި ޔޫއެންއެފްޕީއޭ ގުޅިގެން "ސްވޮޕް ރިޕޯޓް 2022" ލޯންޗުކޮށްފި
ވިލާ ކޮލެޖާއި ޔޫއެންއެފްޕީއޭ ގުޅިގެން "ސްވޮޕް ރިޕޯޓް 2022" ލޯންޗުކޮށްފި

ސްވޮޕް ރިޕޯޓަކީ މުޖުތަމައުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ނޭނގި، ނުވަތަ އަޅާނުލެވި ދޫކޮށްލެވޭ މައްސަލަތަކަށް ބިނާކޮށް ޔޫއެންއެފްޕީއޭ އިން ކޮންމެ އަހަރަކު ވެސް ނެރޭ ރިޕޯޓެކެވެ. މި އަހަރުގެ ރިޕޯޓު އަމާޒުކޮށްފައިވަނީ އަންހެނުން ގަސްތަކާނުލާ ދަރިމައިވުމުގެ މައްސަލަ ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކަށެވެ.

ވިލާ ކޮލެޖާއި ޔޫއެންއެފްޕީއޭ ގުޅިގެން "ސްވޮޕް ރިޕޯޓް 2022" ލޯންޗުކޮށްފި
ވިލާ ކޮލެޖާއި ޔޫއެންއެފްޕީއޭ ގުޅިގެން "ސްވޮޕް ރިޕޯޓް 2022" ލޯންޗުކޮށްފި

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޔޫއެންއެފްޕީއޭ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުންލެ ދިރާސާތަކާ ހަވާލާ ދެއްވައި ވަނީ އަންހެނުންގެ ހައްގުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

"ދަރިން ބޮޑެތިކޮށް ބެލެހެއްޓުމުގައި ރަނގަޅު އާއިލާއަކާ އެކު، މުސްތަގުބަލަށް ވިސްނާ ރޭވުންތަކެއް ރާވަންޖެހޭ. ނަމަވެސް ގަސްތަކާ ނުލާ އަންހެނުން ދަރިމައިވުމުން އެ ފަދަ ކަންކަމުން އެބަ މަހްރޫމްވޭ،" ކުންލެ ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި، މަސްތުވާތަކެތީގެ ސަބަބުން ނުވަތަ ޖިންސީގޯނާގެ ޝިކާރައަކަށްވުން ފަދަ ކަންކަމާ ގުޅިގެން ގަސްތަކާ ނުލައި އަންހެނުން ދަރިމައިވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ދަރިންނަށް ވަރަށް ބޮޑަށް ކުރާ ކަން ފާހަގަކުރެއްވި އެވެ.

ސްވޮޕް ރިޕޯޓަކީ، އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

މި އަހަރުގެ ސްވޮޕް ރިޕޯޓާ ގުޅޭ ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ ޕެނަލްގައި އިޖުތިމާއީ، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިޖުތިމާއީ އަދި ދީނީ ދާއިރާގެ ފަންނީ ބޭފުޅުން ހިމެނެ އެވެ. ރާއްޖޭގައި އަންހެނުން ގަސްތަކާއި ނުލައި ދަރިމައިވުމުގެ މައްސަލަ އޮތްގޮތާއި އެކަން ހައްލުކުރުމަށް ކުރިއަށް އޮތް ތަނުގައި ކަންކުރާނެ ގޮތާ ގުޅޭ ގޮތުން އެ ބޭފުޅުން ބަހުސްކުރެއްވި އެވެ.