އަރުމާން މަލިކާއި އެޑް ޝީރަންގެ ލަވައެއް
އަރުމާން މަލިކާއި އެޑް ޝީރަންގެ ލަވައެއް

އިންޑިއާގެ ޒުވާން ލަވަކިޔުންތެރިޔާ އަރުމާން މަލިކް އާއި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އެކީގައި ލަވައެއް ކުޅެން ތައްޔާރުވެއްޖެ އެވެ.

ޕްލޭބެކް ލަވަތަކުގެ އިތުރުން އަމިއްލަ އޮރިޖިނަލް މިއުޒިކްގެ މަސައްކަތް ކުރަމުން އަންނަ އަރުމާން އަކީ މިހާރު އިންޑިއާގައި ގިނަ ބަޔަކަށް އެނގޭ އާޓިސްޓެކެވެ.

އެޑާ އެކު އަރުމާން ކިޔަން ހަމަޖެހިފައިވާ ލަވައަކީ އެޑް މިއަހަރު ނެރުނު ލަވަ "2ސްޓެޕް"ގެ ރެންޑިޝަން އެކެވެ. އެ ލަވައިގައި އަރުމާން ފީޗާ ކުރަނީ ޔޫކްރެއިންގެ މީހުންނަށް ހަދިޔާކޮށްފައިވާ ލަވައެކެވެ.

ޝީރަންއާ އެކު އެ ލަވަ ކިޔަން ލިބުމަކީ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އަރުމާން ބުންޏެވެ އެވެ. އަދި އެއީ އިންޑިއާގެ އާޓިސްޓުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްވަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ލަވައިގެ މިއުޒިކް ވީޑިއޯއެއްގެ މަސައްކަތް ވެސް އަލުން ތައްޔާރުކުރުމަށް އަންނަނީ ވިސްނަމުންނެވެ. ނަމަވެސް އަދި ސީދާ އެކަން ކަށަވަރު ނުވާ ކަމަށް ބުންޏެވެ.