ރައީސާއި ބައްސާމްގެ ބައްދަލުވުން: ލިބުނީ 'ރަނގަޅު ކަންތައްތަކެއް' ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
ރައީސާއި ބައްސާމްގެ ބައްދަލުވުން: ލިބުނީ 'ރަނގަޅު ކަންތައްތަކެއް' ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

މާލީ އަޑިގަނޑަކަށް ވެއްޓިފައި އޮތް އެފްއޭއެމްގެ ކޮންގްރެސްގެ ކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ފަހު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓުބޯޅަ އާއިލާ އަށް އުފާވެރި ޚަބަރުތަކެއް ދެއްވައިފި އެވެ.

ރައީސާއި ބައްސާމްގެ ބައްދަލުވުން: ލިބުނީ 'ރަނގަޅު ކަންތައްތަކެއް' ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
ރައީސާއި ބައްސާމްގެ ބައްދަލުވުން: ލިބުނީ 'ރަނގަޅު ކަންތައްތަކެއް' ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

އިއްޔެ ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ މެންބަރުންނާ މުހާތަބު ކުރައްވަމުން އޭނާ ވިދާޅުވީ، ފުޓުބޯޅަ އަށް "ރަނގަޅު ކަންތައްތަކެއް" ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ކަމަށެވެ.

ރައީސާއި ބައްސާމްގެ ބައްދަލުވުން: ލިބުނީ 'ރަނގަޅު ކަންތައްތަކެއް' ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
ރައީސާއި ބައްސާމްގެ ބައްދަލުވުން: ލިބުނީ 'ރަނގަޅު ކަންތައްތަކެއް' ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

"ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ދިވެހި ފުޓްބޯޅަ އަށް ރަނގަޅު ކަންތައްތަކެއް އިރާދަކުރެއްވިއްޔާ ކޮށްދެވާނެ ކަމުގެ ޔަގީންކަން އެރުވި އެރުވުން ވެގެން ދިޔައީ ތިޔަ މެންބަރުންނަށް އުފާވެރިކަން ލިބިގެންދާނެ ކަމެއް ކަމުގެ ޝުއޫރު އަޅުގަނޑު ފާޅުކުރަން،" އެފްއޭއެމްގެ މެމްބަރު ކްލަބްތަކާ މުހާތަބު ކުރައްވައި ބައްސާމް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންނާއި ދިވެހި ސަރުކާރާ އަދި ހުރިހާ މެމްބަރު [ކްލަބްތައް] ގުޅިގެން މި މަސައްކަތް ކުރެވިއްޖެ ކަމުގައި ވާ ނަމަ ދިވެހި ފުޓްބޯޅަ މިހާރު މި އޮތް ހާލަތަށް ވުރެ މި އަށް ވުރެ މާ ރަނގަޅު ހާލަތަކަށް ގެންދެވޭނެ."

މާލީ ގޮތުން ތަނަވަސް ހާލަތަކަށް އަންނަ ހަފުތާގައި އެފްއޭއެމް އިޔާދަވާނެ ކަމުގެ ޔަގީންކަން ކޮންގްރެސްގައި ބައްސާމް ދެއްވި އެވެ. މާލީ ގޮތުން ގެންނަ އެ ބަދަލަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، ބޭއްވެވި ބައްދަލުވުމުގެ ނަތީޖާ ތޯ ސުވާލު ކުރުމުން ބައްސާމް ވިދާޅުވީ، އެއީ މިދިޔަ ހަ މަސް ދުވަހު އެފްއޭއެމުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ. ރައީސާއެކު ބޭއްވެވި ބައްދަލުވުމާ، އެކަމާ ގުޅުމެއް ނެތް ކަމަށް ބައްސާމް ވިދާޅުވެ އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރައީސްގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ ސަރުކާރުގެ އެހީތެރިކަމާއެކު އިތުރު ކަންކަން ކުރައްވައި މިހާރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ފުޓްބޯޅަ ގެންދިއުމަށެވެ.

"އޭގެ ސީދާ ތަފުސީލެއް އަދި ނެތް. ޑިޝްކަޝަންތަކަށް ހުޅުވާލެވިފައި އޮތީ،" ބައްސާމް ވިދާޅުވި އެވެ.

ރައީސްގެ ފަރާތްޕުޅުން އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ހަމަޖައްސާފައިވާ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

"ސަރުކާރާއެކު ބައެއް ކަންކަން ޑިސްކަސް ކުރުމަށް ފަހުގައި ކުރިއަށް ދެވޭ ގޮތަށް އޮންނާނީ،" ކޮންގްރެސް އަށް ފަހު ބޭއްވި މީޑިއާ ބްރީފިންގަައި ސުވާލު ކުރުމުން ބައްސާމް ވިދާޅުވި އެވެ.

އޭނާ ނޫސްވެރިން ގާތު ވިދާޅުވި އަނެއް ވާހަކައަކީ، ކްލަބްތައް ވިޔަފާރި މޮޑެލަކަށް ބަދަލުކުރުމަށް ހިންގާ މަޝްރޫއެވެ. އެ މަޝްރޫއުގެ ފުރަތަމަ ވިޔަފާރި އެއްވަނަ ޑިވިޝަންގެ ކްލަބުތަކުން މި އަހަރު ފަށާނެ ކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވި އެވެ.