ހައި ސްޕީޑް އިންޓަނެޓާ އެކު ދިރާގު ޓީވީގެ ހިދުމަތް ނައިވާދުއަށް
ހައި ސްޕީޑް އިންޓަނެޓާ އެކު ދިރާގު ޓީވީގެ ހިދުމަތް ނައިވާދުއަށް

ދިރާގު ޓީވީގެ ހިދުމަތާއި ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ހދ. ނައިވާދުއަށް ތައާރަފުކޮށްފި އެވެ.

އެ ދެ ހިދުމަތާ އެކު، ނައިވާދުއަށް ހާއްސަ އޮފާތަކެއް ވެސް ދޭނެ އެވެ.

އެ އޮފާތަކުގެ ތެރޭގައި، ބްރޯޑްބޭންޑްގެ ހިދުމަތަށް އެޕްލައިކުރާ މީހުންނަށް ހިލޭ ފައިބަ ކޭބަލް ގުޅައިދިނުމާ އެކު އެއަށް ބޭނުންވާ ރައުޓާ ލިބޭނެ އެވެ. އަދި ދިރާގު ޓީވީ އަށް އެޕްލައިކުރުމުން ވެސް، އެއަށް ބޭނުންވާ ޑީކޯޑަރާއި ކޭބަލް ގުޅައިދިނުން ހިލޭ ލިބެ އެވެ.

ދިރާގުން ބުނި ގޮތުގައި، މި ހިދުމަތާ އެކު އެ ރަށަށް ހަލުވި ސްޕީޑެއްގައި އިންޓަނެޓް ލިބޭނެ އެވެ. އަދި ބޮޑެތި ޑާޓާ އެލަވެންސްތައް ލިބޭ ތަފާތު ޕެކޭޖުތައް ވެސް ލިބޭނެ އެވެ.

ދިރާގު ޓީވީން މުނިފޫހިފިލުވުމުގެ ތަފާތު ކޮންޓެންޓާއި، ދިވެހި ޗެނަލްތައް އަދި ކުޑަކުދިންގެ މެދުގައި މަގްބޫލު ޑިޒްނީ ޗެނަލް ފަދަ ބޭރުގެ ބޮޑެތި ޗެނަލްތައް ހިމެނޭހެން 100 އަށް ވުރެ ގިނަ ޗެނަލް ލިބެ އެވެ.

ދިރާގު ފައިބަ ބްރޯޑް ބޭންޑް ހިދުމަތް ރާއްޖޭގެ ގޭބީސީތަކުގެ 84 ޕަސެންޓަށް މިހާރު ވެސް އަންނަނީ ދެމުންނެވެ. އޭގެ ތެރޭގައި 85 ރަށެއް ހިމެނެ އެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ 84 ޕަސެންޓް ރަށަށް ދިރާގު ޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.