ބީއެމްއެލް އޭދަފުށި ބްރާންޗުން ދެނީ މި މެސެޖް
ބީއެމްއެލް އޭދަފުށި ބްރާންޗުން ދެނީ މި މެސެޖް

"މިސާލަކަށް މިއަދު. މިއަދު ވަރަށް ވިއްސާރަ. އެކަމަކު ވެސް ވިއްސާރަ ދުވަހެކޭ، އަވި ގަދަ ދުވަހެކޭ ނެތް ތަފާތެއް،" މުޅިން ސޯލާ އިން ހިންގާ، ބީއެމްއެލްގެ އޭދަފުށީ ބްރާންޗުގެ އެއް މުވައްޒަފު، ނަޖްމާ ބުންޏެވެ.

ބީއެމްއެލް އޭދަފުށި ބްރާންޗުން ދެނީ މި މެސެޖް
ބީއެމްއެލް އޭދަފުށި ބްރާންޗުން ދެނީ މި މެސެޖް

ސޯލާ ޕެނަލުން ހަކަތަ ހޯދައިގެން އޭދަފުށީގެ ބްރާންޗު ހިންގާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އެ ބޭންކުގެ މުވައްޒަފުން ބުނާ ގޮތުން މަސައްކަތުގައި އެއްވެސް ދަތިކަމެއް ނެތެވެ. އަދި އެއީ، މިއަދު ފާހަގަކުރާ ތިމާވެށީގެ ދުވަސް ކަހަލަ ދުވަހެއްގައި ބީއެމްއެލް އިން އާންމުންނަށް ދިން މުހިންމު މެސެޖެކެވެ.

"ހުރިހާ މެޝިންތައް ވެސް ބަރާބަރަށް މަސައްކަތްކުރޭ،" ބީއެމްއެލް އިން މިއަދު އާންމު ކުރި ވީޑިއޯގައި ނަޖްމާ އިތުރުކޮށްލި އެވެ.

ތެލަށް ކުރާ ހޭދަކ ކުޑަކުރުމަށް އެކި ފެންވަރުގައި ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގައިފި އެވެ. އަދި ސޯލާ ބޭނުންކޮށްގެން ކަރަންޓް ދިނުމަށް ވެސް ތަފާތު ތަޖުރިބާތައް ކޮށްފި އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ޝަކުވާ އަކަށް ވަނީ ސޯލާ ހުއްޓަސް ކަރަންޓާ ނުލައި އުޅެވެން ނެތުމެވެ. އެކަމަކު އޭދަފުށީ ބްރާންޗްގެ ތަޖުރިބާ ވަރަސް ތަފާތެވެ.

"ކުރީގަ ވިއްޔާ ކަރަންޓް ބިލު ވަރަށް ބޮޑު. އެކަމަކު މިހާރު ވަރަށް ކުޑަކޮށް ބިލު އަންނަނީ. ސޯލާ ބޭނުން ކުރަން ފެށި ފަހުން އެކްސްޕެންސް ވަރަށް ބޮޑަށް ކުޑަ ކުރެވިފައި ވަނީ. ސޯލާ އެނާޖީ އަކީ މީ ތިމާވެއްޓާއި އެންމެ ރައްޓެހި ގޮތް،" އެ ބޭންކްގައި މަސައްކަތްކުރާ އިޝާން ބުންޏެވެ.

މި ބްރާންޗުގެ އޮފީހާއި ބްރާންޗުގެ ދަށުން ހިންގާ އޭޓީއެމް އަކީ ވެސް ސޯލާ އެނާޖީ އިން ކަރަންޓު ދޭ ތަންތަނެވެ. މި ބްރާންޗުގައި މަސައްކަތް ކުރާ ޝާދިން ބުނީ ބްރާންޗުގެ ހުރިހާ ތަނަކީ ވެސް ފުލީ ސޯލާ ޕަވާޑް ތަންތަން ކަމަށެވެ.

"ބްރާންޗްގެ ހުރިހާ ކަމެއް ވެސް ވަރަށް ސީމްލެސް ވަރަށް އެފިޝެންޓް،" އޭނާ ބުންޏެވެ.

މީގެ އިތުރުން ތިމާވެއްޓާ މެދު ވިސްނާ، ތިމާވެށި ރައްކާތެރި ކުރަން މަސައްކަތް ކުރާ ކުންފުންޏަކާ އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ.

ތިމާވެށި ރައްކާތެރި ކުރުމާއި، ތިމާވެއްޓާއި ރައްޓެހި އެކި ކަންތައްތައް ތައާރަފު ކުރުމާއި އެ ކަންތައްތަކަށް ހިތްވަރުދީ އަމަލީ ގޮތުން ބައިވެރި ވުމަކީ ބީއެމްއެލްގެ ސީއެސްއާރުގެ މުހިންމު ބައެކެވެ.

ދެހާސް އަށާރަ ވަނަ އަހަރު ބީއެމްއެލް އިން އޭދަފުށިގައި މި ބްރާންޗު ހުޅުވީ އެއްކޮށް ސޯލާ ޕަވާ އިން ތަނަށް ކަރަންޓު ދޭނެ ނިޒާމަކާ އެކު އެވެ. ބީއެމްއެލް އިން ބުނީ މި ނިންމުމުގެ ސަބަބުން، ހަރަދު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. އަދި އުއްމީދަކީ އެހެން ކުންފުނިތައް ވެސް ބީއެމްއެލް މިސާލެއްގެ ގޮތުގައި ދުށުން ކަމަށް ވެސް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ރަށްރަށުގައި ހުރި ބައެއް އެހެން ބްރާންޗުތަކުގައި ވެސް ސޯލާ ޕަވާގެ ކޮންމެވެސް ޕަސެންޓެއް ބޭނުންކުރަމުން އަންނަ ކަމަށެވެ.