އެޕަލްގެ ބޮޑެތި ބަދަލުތައް ފެނިދާނެ ކޮންފަރެންސް މާދަމާ ފަށަނީ
އެޕަލްގެ ބޮޑެތި ބަދަލުތައް ފެނިދާނެ ކޮންފަރެންސް މާދަމާ ފަށަނީ

އެޕަލްގެ އާ ޑިވައިސްތަކާއި ސޮފްޓްވެއާ އަޕްޑޭޓްތައް ދައްކާލުމަށް ކޮންމެ އަހަރަކު ބާއްވާ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) މާދާމާ ފަށާނެ އެވެ.

އެޕަލް އިން އާންމުކޮށް ޑަބްލިއުޑަބްލިއުޑީސީ ބާއްވަނީ އެ ކުންފުނީގެ ޑިވައިސްތަކުގެ ސޮފްޓްވެއާތަކަށް ގެންނަ ބަދަލުތައް އާންމުކުރާށެވެ. ނަމަވެސް ލީކުތަކުން އިޝާރާތްކުރާ ގޮތުގައި މިފަހަރު އެޕަލްގެ ސޮފްޓްވެއާ އަޕްޑޭޓްތަކުގެ އިތުރުން އާ ހާޑްވެއާ ވެސް ފެނުން އެކަށީގެންވެ އެވެ.

ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިވެންޓުގައި އެންމެ އިންތިޒާރު ކުރެވެނީ އާ އައިއޯއެސްގެ އަޕްޑޭޓަށެވެ. މީގައި ތަފާތު އެކި އާ ފީޗާތައް ހުންނާނެ އެވެ. ލީކުވެފައިވާ ބައެއް މައުލޫމާތުން ބެލެވެނީ އެޕަލް އަށް ވެސް އެންމެ ފަހުން "އޯލްވޭސް އޮން ޑިސްޕްލޭ" އަޕްޑޭޓް އަންނަން އުޅޭ ކަމަށެވެ. މިއީ އެޕަލް ފޭނުން ވަރަށް އިންތިޒާރު ކުރަމުން އަންނަ ފީޗާ އެކެވެ.

މެކް އޯއެސް އާއި އެޕަލް ވޮޗް އޯއެސް އަށް ވެސް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އޭގެ އިތުރުން ދެން އެންމެ އިންތިޒާރު ކުރެވޭ އެއް ކަމަކީ އެޕަލްގެ އާ ޗިޕްސެޓެވެ. ލީކްތަކުން ދައްކާގޮތުން އެޕަލްގެ "އެމް2" ޗިޕްސެޓްގެ އާ ޑިވައިސް އެއް މިފަހަރުގެ އިވެންޓުން ފެންނާނެ އެވެ،