މީހުން ބުނަނީ ރަންބީރު އުޅެނީ ބޯތަލަވެ ވިގެއް ޖަހައިގެން ކަމަށް
މީހުން ބުނަނީ ރަންބީރު އުޅެނީ ބޯތަލަވެ ވިގެއް ޖަހައިގެން ކަމަށް

ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރުގެ ބޯތަލެވެ، ވިގެއް ޖަހައިގެން އޭނާ އުޅެނީ ކަމަށް މީހުން ތުހުމަތުކޮށްފި އެވެ.

ހުކުރު ދުވަހުގެ ރޭ ރަންބީރު އެއާޕޯޓަށް ދިޔަތަނުން ޕަޕަރާޒީން ނަގާފައިވާ ވީޑިއޯތަކެއް އާންމުވެ ގިނަ ބަޔަކު ބުނީ ރަންބީރު ހުރީ ވިގެއް ޖަހައިގެން ކަަމަށެވެ. ކަޅުކުލައިގެ ޖިންސަކާއި ކަޅު ކުލައިގެ ޓީޝާޓެއްގައި ރަންބީރު ހުރީ ވަރަށް ސްޓައިލިޝްކޮށެވެ.

އެކަމަކު އިސްތަށިގަނޑު ހުރި ގޮތުން ބައެއް މީހުން ތުހުމަތުކުރީ ވިގެއް ޖަހައިގެން ހުރި ކަމަށެވެ. ރަންބީރުގެ ދިފާއުގައި ނިކުތް އޭނާގެ ސަޕޯޓަރުން ބުނީ އެއީ އިސްތަށިގަނޑަށް އެއްވެސް ގޮތެއް ނުހަދައި ހާވާލާފައި ހުރުމުން ހީވާ ގޮތެއް ކަމަށެވެ. އަދި އެއީ އޭނާގެ އަސްލު އިސްތަށިގަނޑު ކަމަށް އެމީހުން ބުންޏެވެ.

ރަންބީރަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. އެންމެ ފަހުން 2018 ގައި ނެރުނު ސަންޖޭ ދަތުގެ ބަޔޯޕިކްގައި މަސައްކަތްކުރި ރަންބީރުގެ ކުރިއަށް ގިނަ މަސައްކަތްތަކެއް އެބަ ހުއްޓެވެ. އޭނާ ސްޕެއިންނަށް ފުރާފައި ވަނީ ވެސް ފިލްމެއްގެ ޝޫޓިންއަށް ކަމަށްވެ އެވެ.