ޖޭސްމިން އަށް މަހޭޝް ބަަޓްގެ ފިލްމެއް
ޖޭސްމިން އަށް މަހޭޝް ބަަޓްގެ ފިލްމެއް

"ދިލް ސޭ ދިލް ތަކް" އާއި "ދިލް ތޯ ހެޕީ ހޭ ޖީ" ކަހަލަ ޓީވީ ޑްރާމާތަކުން މަގްބޫލުވި ޖޭސްމިން ބާސިން ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވެއްޖެ އެވެ.

ސަލްމާން ހުށަހަޅާ "ބިގްބޮސް 14" އިން ވެސް ފެނުނު ޖޭސްމިން ބޮލީވުޑަށް ނުކުންނަނީ "ހަނީމޫން" ކިޔާ ކޮމެޑީ ޑްރާމާއަކުންނެވެ. އެ ފިލްމުގެ ޝޫޓިންތައް ނިމުނުތަނާހެން، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓާއި ވިކްރަމް ބަޓްގެ ފިލްމެއް ވެސް އޭނާއަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފިލްމާ ގުޅޭ މާބޮޑު މައުލޫމާތެއް އަދި އާންމެއް ނުވެ އެވެ. އެކަމަކު އެ ފިލްމުގެ ޝޫޓިންތައް ޖުލައި މަހުގެ ފަހުކޮޅު ފަށާނެ ކަމަށްވެ އެވެ.

ފިލްމުގައި ޖޭސްމިން ފެންނާނީ ވަރަށް ޝައުގުވެރި ރޯލަކުން ކަމަށާއި މިހާރު އެ ރޯލަށް އޭނާ ތައްޔާރުވާން ފަށާފައިވާ ކަމަށް ވެސް ވެ އެވެ.