03 ޖޫން 2022 - 23:19

މިހާރު ކުރިއަށްދާ އެފްއެންބީ ޝޯގައި، އެސްޓީއޯ އިން އެ ކުންފުނީގެ އާ ކިޗަން އެންޑް ހޯމް އެޕްލަޔަންސް ބްރޭންޑް "ރަސެލް ހޮބްސް" ތައާރަފްކޮށްފި އެވެ.

މި ބްރޭންޑް ތައާރަފްކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ. އެސްޓީއޯ އިން އަލަށް މި ތައާރަފުކުރި ބްރޭންޑަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ބްރޭންޑެކެވެ. ހަތްދިހަ އަހަރު ފުރިފައިވާ މި ބްރޭންޑަކީ އެންމެ ފުރަތަމަ "އޮޓޯ ކެޓްލް" ނުވަތަ ކަރަންޓު ފެންކުރާ ތައާރަފުކުރި ބްރޭންޑެވެ. އަދި މިއީ ވެރައިޓީ ބޮޑު، ތަފާތު ސްޓައިލިޝް ޑިޒައިންތަކެއްގެ ގިނަ ޕްރޮޑަކްޓްތަކެއް އުފައްދާ ކުންފުންޏެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރު ބްރޭންޑެކެވެ.
އެސްޓީއޯ އިން ބުނީ މި ބްރޭންޑުގެ ގިނަ ޕްރޮޑަކްޓުތަކެއް އެ ކުންފުނީގެ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން މި ބްރޭންޑުގެ ސްލޯ ކުކާ، ސްޓީމާ، ގްރިލް، އެއާ ފްރަޔާ ފަދަ ތަކެތި ލިބެން ހުންނާނެ އެވެ. އަދި ޓޯސްޓަރާއި ސޭންޑްވިޗް މޭކާ އާއި ކޮފީ މޭކާ ފަދަ ތަފާތު ޕްރޮޑަކްޓްތައް ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓްކަކަށް ވެސް އެއް އަހަރުގެ ވޮރެންޓީ ލިބޭނެ ކަމަށެވެ. އަދި މި މަހުގެ 10 އަކާއި ހަމައަށް މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓްތަކަކުން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އަކީ ރަސެލް ހޮބްސް ބްރޭންޑުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ.