އިސްތަށި ފޭބުން މަދުކޮށްދޭނެ ފަސޭހަ ފަރުވާތަކެއް
އިސްތަށި ފޭބުން މަދުކޮށްދޭނެ ފަސޭހަ ފަރުވާތަކެއް

އިސްތަށި ފޭބުމަކީ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. ޒުވާން އުމުރުގައި ގިނަ އަދަދަކަށް އިސްތަށި ފައިބާތީ އެކަމާ މާޔޫސްވިޔަސް އަގު ބޮޑެތި ޕްރޮޑަކްޓްތައް ގަނެގެން މައްސަލަ ހައްލުކުރުމަކީ އެންމެނަށް ކުރެވޭނެ ކަމެއް ނޫނެވެ.މި ކިޔައިދެނީ މިކަމުގައި އެހީއަކަށް ވެދާނެ ކަންކަމެވެ.

އިސްތަށި ފޭބުން މަދުކޮށްދޭނެ ފަސޭހަ ފަރުވާތަކެއް
އިސްތަށި ފޭބުން މަދުކޮށްދޭނެ ފަސޭހަ ފަރުވާތަކެއް

އެލޯވެރާ އަކީ އިސްތަށިގަނޑަށް ވަރަށް ރަނގަޅު އެއްޗެކެވެ. އިސްތަށިގަނޑު ވަރުގަދަކޮށްދީ ބޯ ކެހުމުގެ މައްސަލައަށް ވެސް އެލޯވެރާއަކީ ރަނގަޅު އެއްޗެކެވެ. އެލޯވޭރާގައި ހުންނަ ޖެލްތައް ކަހާލުމަށް ފަހު، ބޮލުގައި އެ ޖެލް ހާކާށެވެ. އަދި އިސްތަށިގަނޑުގެ ބުޑުގައި ޖެލް އުނގުޅޭ ގޮތަށް ރަނގަޅަށް މަސާޖުކޮށްލާށެވެ. މިގޮތަށް އާންމުކޮށް ބޭނުންކުރާ ނަމަ، އިސްތަށިގަނޑު ވަރުގަދަވެ އެވެ.

އިސްތަށި ފޭބުން މަދުކޮށްދޭނެ ފަސޭހަ ފަރުވާތަކެއް
އިސްތަށި ފޭބުން މަދުކޮށްދޭނެ ފަސޭހަ ފަރުވާތަކެއް

ކާށިތެލަކީ އިސްތަށި ފޭބުމުގެ މައްސަލައަށް ރަނގަޅު އެއްޗެކެވެ. ކާށިތެލުގައި ޕޮޓޭސިއަމް ހުންނާތީ އިސްތަށި އިތުރުކޮށްދެ އެެވެ. އިސްތަށިގަނޑު މޮއިސްޗަރައިޒްކޮށްދިނުމުގެ އިތުރުން އިސްތަށިގަނޑު ވަރުގަދަކޮށް ދެމެހެއްޓުަމަށް ވެސް ކާށިތެޔޮ ބޭނުންކުރުން ރަނގަޅެވެ. ޕްރޮޓިންގެ އިތުރުން ވެސް މުހިއްމު މާއްދާތަކެއް މީގައި އެކުލެވޭތީ އިސްތަށި ފޭބުމުގެ މައްސަލައަށް ވެސް ރަނގަޅެވެ. ކާށިތެލަކީ ރީތިކޮށް އިސްތަށިގަނޑު ބެހެއްޓުމަށް އެންމެ ފަސޭހައިން ބޭނުންކުރެވިދާނެ އެކައްޗެވެ.

އިސްތަށި ފޭބުން މަދުކޮށްދޭނެ ފަސޭހަ ފަރުވާތަކެއް
އިސްތަށި ފޭބުން މަދުކޮށްދޭނެ ފަސޭހަ ފަރުވާތަކެއް

ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ވިޓަމިން ބީ އަދި ޕޮޓޭސިއަމް ވެސް އެކުލެވޭ ބީޓްރޫޓަކީ އިސްތަށި ފޭބުމުގެ މައްސަލައަށް ހައްލު ހޯދުމަށް ގޭގައި އެންމެ އަވަހަށް ދެވިދާނެ އެއް ފަރުވާ އެވެ. ބީޓްރޫޓްގައި އެކުލެވޭ ބާވަތްތަކުގެ ސަބަބުން ވަރަށް އަވަހަށް އިސްތަށި ފޭބުން ކޮންޓްރޯލްކުރެވެ އެވެ.

އިސްތަށި ފޭބުން މަދުކޮށްދޭނެ ފަސޭހަ ފަރުވާތަކެއް
އިސްތަށި ފޭބުން މަދުކޮށްދޭނެ ފަސޭހަ ފަރުވާތަކެއް

ބިހުގެ ރީނދޫ ބަޔަކީ ވެސް ބޮލުގައި އުނގުޅަން ރަނގަޅު އެއްޗެކެވެ. ބިމުގެ ރީނދޫ ބަޔާ މާމުއި އަދި އޮލިވް އޮއިލް އެއްކޮށްލާށެެވެ. އަދި އިސްތަށިގަނޑުގައި ރަނގަޅަށް ހާކާލުމަށް ފަހު 20-25 އަކަށް މިނެޓް ބަހައްޓާށެވެ. މިއީ ވެސް އިސްތަށި ފޭބުމުގެ މައްސަލައަށް ހައްލެއް ހޯދަން ކުރެވިދާނެ ކަމެކެވެ.