ބޮޑު ފްލޮޕަށް ފަހު ކަންގަނާ "އިމަޖެންސީ" ގައި
ބޮޑު ފްލޮޕަށް ފަހު ކަންގަނާ "އިމަޖެންސީ" ގައި

"ދާކަޑް" ގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު ބޮލީވުޑްގެ ތަރި، ކަންގަނާ ރަނައުތުގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތް ފަށައިފި އެވެ.

މިފަހުގެ ތާރީހެއްގައި ބޮލީވުޑްގެ އެންމެ ބޮޑު ފްލޮޕަށް "ދާކަޑް" ވިޔަސް އެކަމާ ގުޅިގެން ކަންގަނާ އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެކަމަކު ފިލްމު ރިލީޒްކުރިތާ މަހެއް ވެސް ނުވަނީސް ކަންގަނާ މި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު، "އިމަޖަންސީ" ގެ މަސައްކަތަށް ދިއްލީއަށް ގޮސްފަ އެވެ. އެ ފިލްމު ޑައިރެކްޓްކޮށް ލީޑު ރޯލުގައި ވެސް މަސައްކަތްކުރާނީ އޭނާ އެވެ. އެއީ އިންޑިއާގެ ކުރީގެ ޕްރައިމް މިނިސްޓަރު އިންދިރާ ގާންދީއާ ގުޅޭ ފިލްމެކެވެ.

އެ ފިލްމުގެ މަސައްކަތަށް ތައްޔާރުވާ ފޮޓޯއެއް ކަންގަނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ގައުމީ އެވޯޑް ވެސް ހޯދާފައިވާ ކަންގަނާ ކުރިން ބުނެފައިވާ ގޮތުގައި އެ ފިލްމަކީ ބަޔޯޕިކެއް ނޫނެވެ. އެއީ ޕޮލިޓިކަލް ޑްރާމާއެކެވެ.