ހަނގުރާމަ އަށް 100 ދުވަސް: ޒެލެންސްކީ ވިދާޅުވަނީ ކާމިޔާބު އޮތީ އެ މީހުންނަށް ކަމަށް
ހަނގުރާމަ އަށް 100 ދުވަސް: ޒެލެންސްކީ ވިދާޅުވަނީ ކާމިޔާބު އޮތީ އެ މީހުންނަށް ކަމަށް

ކިއޭވް (ޖޫން 3) - ރަޝިޔާ ސިފައިން ޔުކްރޭނުން ބާލައި ކާމިޔާބު ހޯއްދަވާނެ ކަމަށް ޔުކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ އިން ޔުކްރޭނަށް އަރައި ހަމަލާ ދޭން ފެށިތާ 100 ދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައި ޒެލެންސްކީ ވިދާޅުވީ ގައުމު ދޫކުރައްވައި އޭނާ ވަޑައިނުގަންނަވާނެ ކަމަށާއި ކާމިޔާބު އޮތީ އެ މީހުންގެ އަތުގައި ކަމަށެވެ.

ފެބްރުއަރީ މަހު 24 ވަނަ ދުވަހު ރަޝިޔާ އިން ދޭން ފެށި ހަމަލާތަކަށް 100 ދުވަސް ފުރުނު އިރު ހަނގުރާމަ އެންމެ ވަރުގަދަ އަށް ހިނގަނީ ޔުކްރޭނުގެ އިރުމަތީގަ އެވެ. ރަޝިޔާ އިން 2014 ވަނަ އަހަރު ހިފި ކްރައިމިއާއާ އެކު ޑޮންބާސްގެ ބައެއް މިހާރު ވަނީ މޮސްކޯގެ ކޮންޓްރޯލުގެ ދަށުގަ އެވެ. ޚަބަރުތައް ބުނާ ގޮތުގައި ޔުކްރޭނުގެ ފަސްބައިކުޅަ އެއްބައި ރަޝިޔާ އިން މިހާރު ވަނީ ހިފައިފަ އެވެ.

ޔުކްރޭނުގެ ވެރިރަށް ކިޔޭވްގެ މޭޔަރު ވިދާޅުވީ ހަނގުރާމައިގެ އިތުރު 100 ދުވަސް ދެކެން ދެން ބޭނުން ނުވާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ޕްރެޝަރު ކުރުމަށް އޭނާ ގޮވާލެއްވި އެވެ.