މިފްކޯއިން އާ މަސްދަޅެއް، ތެޔޮޮ އުކާލާކަށް ނުޖެހޭ
މިފްކޯއިން އާ މަސްދަޅެއް، ތެޔޮޮ އުކާލާކަށް ނުޖެހޭ

"ޑްރެއިންޑް ކަނޑުމަސް ޗަންކްސް" ގެ ނަމުގައި، ތެޔޮ އުކާލަން ނުޖެހޭ އާ މަސްދަޅެއް މިފްކޯއިން ބާޒާރަށް ނެރެފި އެވެ.

މިފްކޯއިން އާ މަސްދަޅެއް، ތެޔޮޮ އުކާލާކަށް ނުޖެހޭ
މިފްކޯއިން އާ މަސްދަޅެއް، ތެޔޮޮ އުކާލާކަށް ނުޖެހޭ

އިއްޔެ ހުޅުމާލޭގައި ފެށި ފުޑް އެންޑް ބެވެރެޖަސް (އެފްއެންޑްބީ) ޝޯ ގައި މި މަސްދަޅު ރަސްމީކޮށް ލޯންޗުކޮށްދެއްވާފައި ވަނީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

މިފްކޯއިން އާ މަސްދަޅެއް، ތެޔޮޮ އުކާލާކަށް ނުޖެހޭ
މިފްކޯއިން އާ މަސްދަޅެއް، ތެޔޮޮ އުކާލާކަށް ނުޖެހޭ

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ މި ކަހަލަ މަސްދަޅަކީ ބޭރުގެ ބައެއް ކުންފުނިތަކުން މިހާރު ވެސް ހަދަމުން އަންނަ މަގްބޫލް މަސްދަޅެއް ކަމަށެވެ. އަދި ކުރީގެ ޗަންކްސް އިން އޮއިލް ދަޅުތަކާ އަޅާބަލާއިރު މި މަސްދަޅުގެ އަގު ހެޔޮ ވާނެ ކަމަށް ވިދާޅުވި އެވެ.

"މިފްކޯގެ، ހާއްސަކޮށް ފެލިވަރުގެ މި ޕްރޮޑަކްޓް މި ނެރެނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، މި މަސްދަޅަކީ ތެޔޮ މަދު، އެއްވެސް ވަރަކަށް ތެޔޮ އުކާލަން ނުޖެހޭ މަސްދަޅެއް ކަމުން ބަދިގެ ތެރޭގައި އުޅޭއިރު ފަސޭހަވެގެން ދާނެ" ފައުޒީ ވިދާޅުވި އެވެ.

މިހާރުވެސް ޕްރޮޑަކްޓް ލައިންގައި އާ މަސްދަޅު ހަދަން އެބަހުރި ކަމަށާއި އެ ބާވަތްތައް ބާޒާރަށް މި އަހަރު ތެރޭ ނެރެވޭވަރުވާނެ އޭނާ ވިދާޅުވި އެވެ.

މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެފްއެންޑްބީ ޝޯގެ މިފްކޯ ސްޓޯލް އަށް ޒިޔާރަތް ކޮށްލުމުން، އާ މަސްދަޅުގެ ރަހަ ބަލާލުމުގެ ފުރުސަތު ހިލޭ ލިބޭނެ އެވެ. އެ ޝޯ މާދަމާގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކުރިއަށް ދާނެ އެވެ.

އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކޮށްފައިވާ މި މަސްދަޅަކީ މި ބާވަތުގެ މަސްދަޅު ރާއްޖޭގެ ބާޒާރަށް ނެރޭ ފުރަތަމަ ފަހަރެވެ.

"މިއީ ހައްޓަށް ފަސޭހަ، ޓައްޕަށް ފަސޭހަ، ކައްކަން ފަސޭހަ އަދި ޖީބަށް ލުއި މަސްދަޅެއް،" އާ ދަޅުގެ ލުއިފަސޭހަކަމާއި އަގުހެޔޮކަން ފާހަގަކޮށް މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

އަދި ތެޔޮ މަދުވުމުން ސީދާ ތެއްޔަށް އަޅާ ފަސޭކަމާއެކު ކެއްކޭ މި މަސްދަޅުން އޮން ދަ ގޯ، ނުވަތަ ވަގުތުން ސޭންޑްވިޗް އާއި ޕަނީނޯ ފަދަ ތަކެތި ތައްޔާރު ކުރެވޭނެއެވެ.

އިއްޔެ ލޯންޗު ކުރި މި ޕްރޮޑަކްޓް މިމަސް ތެރޭ މާކެޓަށް ނެރުމަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.