03 ޖޫން 2022 - 13:21

ކޮލަމްބޯ (ޖޫން 3) - ރަޝިޔާގެ ގައުމީ އެއާލައިން އެއަރޯފްލޮޓުގެ މަތިންދާ ބޯޓެއް 200 ފަސިންޖަރުންނާ އެކު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން މޮސްކޯ އަށް ފުރަން ހަމަޖެހިފައި ވަނިކޮށް ސްރީ ލަންކާ އިން އިއްޔެ ހިފަހައްޓައިފި އެވެ.
މޮސްކޯ އިން ދަތުރުކުރި އެއަރޯފްލޮޓް އެއާބަސް އޭ330 ކޮލަމްބޯގެ ވައިގެ ބަނދަރުގައި ޖެއްސީ އިއްޔެ ހެނދުނެވެ. އެ ބޯޓު ފުރުން މަނާކުރީ ކޮލަމްބޯ ކޮމާޝަލް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށް އެއާޕޯޓުގެ އޮފިޝަލަކު ބުންޏެވެ.
"ބޯޓު ހިފެހެއްޓުމަށް އެއާ ޓްރެފިކް ކޮންޓްރޯލަށް ވަނީ އަމުރެއް ލިބިފައި،" އޮފިޝަލް ބުންޏެވެ.
ރަޝިޔާ އިން ޔުކްރޭނަށް ފެބްރުއަރީ މަހު އަރައިގަތުމާ ގުޅިގެން ހުޅަނގުން އެޅި ދަތުރުކުރުމުގެ ފިޔަވަޅުތަކާ އެކު އެއަރޯފްލޮޓުގެ ހުރިހާ ދަތުރުތަކެއް މާޗު މަހު ރަޝިޔާ އިން ވަނީ ހުއްޓާލައިފަ އެވެ. އެއަރޯފްލޮޓުގެ ދަތުރުތައް ކޮލަމްބޯ އަށް ފެށީ އެޕްރީލް މަހު އެވެ.
ބޯޓު ހިފެހެއްޓީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމެއް އަދި ނޭނގެ އެވެ.
ބޯޓުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ވަނީ ހޮޓަލަކަށް ގެންގޮސްފައި ކަމަށް އެއާޕޯޓުގެ އޮފިޝަލަކު ބުންޏެވެ.