"އިޝްގް ވިޝްގް" ގެ ދެ ވަނަ ބައިން ރިތިކްގެ ކޮއްކޮ ވެސް ބޮލީވުޑަށް
"އިޝްގް ވިޝްގް" ގެ ދެ ވަނަ ބައިން ރިތިކްގެ ކޮއްކޮ ވެސް ބޮލީވުޑަށް

ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯގެ ޓީން ރޮމާންސް ފިލްމު، "އިޝްގް ވިޝްކް" ގެ ދެވަނަ ބައެއް ވަރަށް އަވަހަށް ނެރެން ތައްޔާރުވެއްޖެ އެވެ.

ފިލްމުގެ ދެވަނަ ބަޔަށް ދީފައިވާ ނަމަކީ "އިޝްގް ވިޝްކް ރިބޯންޑް" އެވެ. އެ ފިލްމުން ރިތިކްގެ ދެބެއިންގެ ދެ ދަރި ކުއްޖެއް ކަމަށްވާ ޕަޝްމީނާ ރޯޝަން ބޮލީވުޑަށް ނިކުންނާނެ އެވެ. ޕަޝްމީނާއަކީ މިއުޒިޝަން ރާޖޭޝް ރޯޝަންގެ ދަރިފުޅެވެ.

ނިޕުން އަވިނޭޝް ދަރްމަދިކާރީ ޑައިރެކްޓްކޮށް ނެރޭ އެ ފިލްމުން ޕަޝްމީނާއާ އެކު ފެންނާނީ ރޯހިތު ޝަރަފް އެވެ. ދެވަނަ ޖޯޑަކީ ޖިބްރާން ހާނާއި ނައިލާ ގްރެވާލް އެވެ. ޖިބްރާނަކީ "ކަބީ ހުޝި ކަބީ ގަމް" ގައި ޝާހުރުކް ހާނާއި ކާޖޮލްގެ ދަރީގެ ރޯލުން ފެނުނު ކުއްޖާ އެވެ.

އެ ފިލްމު އިއުލާނުކޮށް އެ ފިލްމުގެ ޒުވާން ތަރިންތައް ވަނީ ސޯޝަލް މީޑިއާއަށް ވެސް ވީޑިއޯއެއް ދޫކޮށްލައިފަ އެވެ.

އެ ވީޑިއޯ އިން ފެންނަނީ 2003 ގައި ނިކުތް އެ ފިލްމުގެ ޕޯސްޓަރަކާ އެކު "އިން 2003 ލަވް ވޯޒް ފައުންޑް" ޖަހާފައިވާ ތަނެވެ. ދެން ފެންނަނީ ފިލްމުގެ ދެވަނަ ބައިން ފެނިގެންދާ ތަރިންގެ ފޮޓޯ އެވެ. އަދި "އިން 2023 ގެޓް ރެޑީ ޓު ރިބައުންޑް" ވެ އެވެ.

ފިލްމުގެ ޝޫޓިންތައް މިހާރު ފަށާފައިވާއިރު ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.