މިހާރުގެ ރެސިޕީ: ދިވެހި ކުކުޅު ރިހަ އާއި ޕިރިނީ
މިހާރުގެ ރެސިޕީ: ދިވެހި ކުކުޅު ރިހަ އާއި ޕިރިނީ

1 ކުކުޅު (1400 ގުރާމުގެ، ރިހައަށް ކޮށައިފައި، ލޮނު ލައިފައި)

މިހާރުގެ ރެސިޕީ: ދިވެހި ކުކުޅު ރިހަ އާއި ޕިރިނީ
މިހާރުގެ ރެސިޕީ: ދިވެހި ކުކުޅު ރިހަ އާއި ޕިރިނީ

6 ޖޯޑު ފެން

2 ޖޯޑު ކާށިކިރު

3 މޭޒުމަތީސަމުސާ ހަނާކުރި ހުނިހަވާދު / ތެޔޮ ހަވާދު / އައްޑޫ ހަވާދު (ހިމުންކޮށް ފުނޑައިފައި)

1 ފިޔާ (ބޮޑު، އަރިމަތިން ކޮށައިފައި)

1 ފިޔާ (ކުޑަ)

1 ސައިސަމުސާ ދިރި

½ ސައިސަމުސާ އަސޭމިރުސް (މުގުރައިފައި)

1 ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރައިފައި)

2 ލޮނުމެދު (ބޮޑު)

½ ސައިސަމުސާ އިނގުރު (ގާނައިފައި)

1 މޭޒުމަތީސަމުސާ ގިތެޔޮ

ހިކަނދިފަތް، ރާނބާފަތް، ލޮނު، (ބޭނުން ނަމަ) ގިތެޔޮމިރުސް

ކުޑަ ފިޔާ، ލޮނުމެދު، ދިރި އެއްކުރުމަށް ފަހު، މިކްސްޗަރުގައި ނުވަތަ ވަނުގައި (ދިރިކޮޅު ހިމުން ނުވާ ވަރަށް) ޗިސްކޮށްލުން. އޭގެ ތެރެއަށް ފޮނިތޮށިކާފޫރުތޮޅި، އަސޭމިރުސް އަޅައި، ސަމުސަލަކުން އެއްކުރުމަށް ފަހު ކިރުޖޯޑުގެ ތެރެއަށް އަޅައިލައިފައި މަތިޖަހައިފައި ބެހެއްޓުން.

ގިތެލުގައި ފިޔާ މީރުކުރުން. ފިޔާކޮޅު މޯޅިވީމައި، އިނގުރުކޮޅާއި ހަވާދުކޮޅު އަޅައިފައި، އެއް ޖޯޑު ފެނާއި ބައި ޖޯޑު ކާށިކިރު އަޅައިގެން ހަވާދުކޮޅު ކައްކައިލުން. ރަނގަޅަށް ކެކެން ފެށުމުން ކުކުޅުކޮޅު އެޅުން. ފަސް ޖޯޑު ފެން އަޅައިފައި، ބައި ޖޯޑު ކާށިކިރު އަޅައިގެން ކެއްކުން. ކުކުޅުކޮޅު ރޯފިލުމުން، ތައްޔާރުކުރި ކިރުޖޯޑު އަޅައިފައި، ލޮނު ހެޔޮވަރު ކޮށްފައި، ބޭނުން ނަމަ ގިތެޔޮމިރުސްކޮޅެއް ލުމަށް ފަހު، ފަސް މިނެޓު ވަންދެން ކައްކައިލައިފައި، ހިކަނދިފަތާއި ރާނބާފަތް އަޅައިފައި އުނދުން ނިއްވައިލުން.

މަޢުލޫމާތަށްޓަކައި:

ހަނާކުރި ހުނިހަވާދަށް، ބައެއް ހިސާބުތަކުގައި ތެޔޮ ހަވާދު، ބައެއް ހިސާބުތަކުގައި އައްޑޫ ހަވާދު ވެސް ކިޔާ. ވީމާ، މި ރިހައަށް ހަނާކުރި ހަވާދު ރިހަ ވެސް ކިޔާ.

1 ޖޯޑު ހަނޑޫ (ރާޅުކޮށް މުގުރާފައި ހުންނަ)

1 ދަޅު ގެރިކިރު (ޑަބަލް ޕީޗް)

4 މޭޒުމަތީސަމުސާ ހަކުރު

6 ޖޯޑު ފެން

1 ސައިސަމުސާ ފިނިފެން (ރޯސްވޯޓާ)

6 އިންޗި ރާނބާފަތް

1 ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރާފައި)

2 މޭޒުމަތީސަމުސާ ހިކި މޭބިސްކަދުރު (ބޭނުން ނަމަ)

20 ކަޖޫނަޓު - (ބޭނުން ނަމަ)

ގިތެޔޮ ނުވަތަ ތެޔޮ (ކަޖޫނަޓާއި މޭބިސްކަދުރު ތެއްލަން)

ދެ ސަމުސާ ގިތެޔޮ ނުވަތަ ކުޑަ ތެޔޮފޮދެއްގައި ކަޖޫނަޓު ތެއްލުން. ތެއްލާނީ ކަޖޫނަޓު ދެފަޅި ކޮށްފައި މަޑު މުށިކުލަ އަރަންދެން. ތެއްލުމަށް ފަހު ނަގައި ޓިޝޫއެއް މަތީގައި (އޭގައި ހުރި ތެޔޮ ހިންދާލުމަށް ޓަކައި) އެތުރުން. ދެން މޭބިސްކަދުރުކޮޅު ވެސް ތެއްލުން. ތެއްލާނީ މޭބިސްކަދުރުކޮޅު ރަނގަޅަށް ފުފެންދެން. ތެއްލައި ނިމުމުން މޭބިސްކަދުރުކޮޅު ވެސް ޓިޝޫއެއް މަތީގައި އެތުރުން. ތެލަށް ވުރެ ގިތެލުގައި ތެއްލީމައި މީރު ވާނެ.

ފެންފޮދު ކެކެން ފެށުމުން ހަނޑޫ އަޅައި، އެއްކުރަމުން ކެއްކުން. ބޮކިޖަހައި ކެކެން ފެށުމުން، ހަކުރު އެޅުމަށް ފަހު، ރާނބާފަތް އެޅުން. ހަކުރުތައް ވިރުމުން ގެރިކިރު އެޅުން. ބޭނުންވާ ވަރަށް އޮލަ ވީމައި އުނދުން ނިއްވައިލުމަށް ފަހު ފިނިފެން (ރޯސްވޯޓާ) އެޅުން. ބޭނުންވާ ތަށްޓަށް ނުވަތަ ތަށިތަކަށް ޕިރިނީ އެޅުމަށް ފަހު، އޭގެ މައްޗަށް ފޮނިތޮށިކާފޫރުތޮޅި ބުރުއްސާލުން. އެ އަށް ފަހު، ބޭނުން ނަމަ ކަޖޫނަޓާއި ހިކި މޭބިސްކަދުރު އެތުރުން.

އެޑިޓަރުގެ ނޯޓް: މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.