އެމްއެންޔޫގެ "ފަހި ފުރުސަތަށް" ބޮޑު ތަރުހީބެއް
އެމްއެންޔޫގެ "ފަހި ފުރުސަތަށް" ބޮޑު ތަރުހީބެއް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ފަހި ފުރުސަތު" ޖޮބް ފެއާ އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އެމްއެންޔޫގެ "ފަހި ފުރުސަތަށް" ބޮޑު ތަރުހީބެއް
އެމްއެންޔޫގެ "ފަހި ފުރުސަތަށް" ބޮޑު ތަރުހީބެއް

އެމްއެންޔޫ އިން ބުނީ މި ޖޮބް ފެއާ އަށް އެ ޔުނިވާސިޓީން އުންމީދު ކުރި ވަރަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށެވެ. އަދި މި ފެއާގައި ބައިވެރިވި ކުންފުނިތަކުން ޖުމްލަ 2500 އެއްހާ ވަޒީފާގެ ފުރުސަތު އެކި ފަރާތްތަކަށް ދީފައި ވާއިރު ބައެއް ކުންފުނިތަކުން ވޯކް އިން އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަން ވެސް ފާހަގަކުރި އެވެ. މި ސްޓޯލްތައް ކައިރީގައި ކިޔޫގައި ގިނަ ބަޔަކު ތިބި ކަމަށާއި، އެކި ކުންފުނިތަކުގެ ވަޒީފާތަކަށް އެޕްލައި ކުރުމަށް ގިނަ ބަޔަކު އެކި ސްޓޯލްތަކަށް ގޮސްފައިވާ ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.

އެމްއެންޔޫ އިން ބުނީ ރާއްޖޭގައި ފުރުސަތު އޮތް ހުރިހާ ދާއިރާއެއްގެ އެކި ކުންފުނިތައް މި ފެއާގައި ބައިވެރިވި ކަމަށެވެ. އެގޮތުން، ޓުއަރިޒަމް ދާއިރާ އާއި ޓެލެކޮމިޔުނިކޭޝަން ދާއިރާ އާއި އޭވިއޭޝަންގެ އިތުރުން ގާނޫނީ، ސިއްހީ އަދި އިޖުތިމާއީ އެކި ދާއިރާތަކާއި ކްރިއޭޓިވް ފީލްޑުތަކާއި ގުޅޭ ދާއިރާތަކުގެ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. މި ފެއާ ގައިިި ސަރުކާރުގެ އެި މިނިސްޓްރީތަކާއި އިދާރާތައް ބައިވެރިވެފައި ވާއިރު ދިރާގާއި އުރީދޫ ފަދަ ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި، ބައެއް ރިސޯޓުތަކައި، ވޯޓާ ސްޕޯޓްސް ތަންތަނުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެމްއެންޔޫ އިން މި ފެއާ ބޭއްވީ ވަޒީފާ ހޯދާ މީހުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާއި އެކި ސިނާއަތްތަކުން ކުރިއަށް ދެވެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރުމަށެވެ، މިއީ އެމްއެންޔޫ އިން ބޭއްވި މި ފަދަ ފުރަތަމަ ފެއާ އެވެ. މި ފެއާގައި އެކި ދާއިރާގެ 35 ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.

މި ފެއާ ކުރިއަށް ގޮސްފައި ވަނީ ފޯރިގަދަ މިޔުޒިކީ ހަރަކާތްތަކަކާ ވެސް އެކު އެވެ. އަދި އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުންނާ ގުޅިގެން ކެފެޓީރިއާއެއް ވެސް ހެދި އެވެ. އެމްއެންޔޫ އިން ބުނީ މި ފެއާ އިން ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ބޭނުންވާ ގިނަ ބަޔަކު ތިބިކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އެހެންކަމުން، އެ ޔުނިވާސިޓީ އިން މި އަހަރުގެ ފަހު ކޮޅުގައި އިތުރު ފެއާއެއް ބާއްވާނެ ކަަމަށް ވެސް ބުންޏެވެ.

މި ފެއާ ކުލަގަދަ ރަސްމިއްޔާތަކުން ފަށާފައި ވާއިރު، މި ފެއާ ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.