އިސް ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ޔާމީންގެ ޝަރީއަތް ކެންސަލް
އިސް ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ޔާމީންގެ ޝަރީއަތް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނާއި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ލައިވްކުރަން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވާތީ ކުރިން އޮތީ މިއަދު ޝަރީއަތް ލައިވްކުރާ ގޮތަށް ހަމަޖައްސައިފަ އެވެ. ޝަރީއަތް ތާވަލްކޮށްފައި އޮތީ މެންދުރު ފަހު 1:00 އަށެވެ.

ޔާމީންގެ މައްޗަށް ކުރާ ދައުވާތައް ބައްލަވަނީ އިސް ގާޒީ އަހްމަދު ޝަކީލެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ޔާމީންގެ ޝަރީއަތް ލައިވްކުރާށެވެ.

މިއަދަށް ތާވަލްކުރި ޝަރީއަތް ކެންސަލްކުރުމަށް ފަހު އަލުން ބާއްވާނެ ދުވަހެއް އަދި ނުބުނެ އެވެ.