ރޮބޯތިންކް: އިޖާދީ ޖީލެއް ބިނާ ކުރުމުގެ ސެންޓަރެއް
ރޮބޯތިންކް: އިޖާދީ ޖީލެއް ބިނާ ކުރުމުގެ ސެންޓަރެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް އަމާޒުކޮށް، ރޮބޮޓިކްސް އާއި ކޯޑިން އަދި އިންޖިނިއަރިންގެ ޕްރޮގްރާމުތައް ހިންގާ ރޮބޯތިންކް ރާއްޖެ އަށް އައީ 2021 ވަނަ އަހަރު އެވެ. އެއާ އެކު ރާއްޖޭގައި އިޖާދީ ޖީލެއް ބިނާ ކުރުމުގެ މަސައްކަތް ފަށައި، އެ ފްރެންޗައިޒްގެ ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި އެވެ.

ރޮބޯތިންކް: އިޖާދީ ޖީލެއް ބިނާ ކުރުމުގެ ސެންޓަރެއް
ރޮބޯތިންކް: އިޖާދީ ޖީލެއް ބިނާ ކުރުމުގެ ސެންޓަރެއް

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުންދާ ދުނިޔޭގައި އިޖާދީ އުފެއްދުންތަކުގެ ވާދަވެރި ރޭހުގައި ދިވެހިރާއްޖެ އަދި އޮތީ ވަރަށް ފުލުގަ އެވެ. ރޮބޯތިންކް މޯލްޑިވްސްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ މިކަން ބަދަލުކޮށް އިޖާދީ ޖީލެއް ރާއްޖޭގައި ބިނާ ކުރުމެވެ. ފަސް އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށް ރޮބޯތިންކުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދާއިރު، މިހާރު ވެސް ގިނަ ދަންފަޅިތައް ދަނީ ބާރުބޮޑުކޮށް ކަމަށް ރޮބޯތިންކުން ބުންޏެވެ. ކޮންމެ ކްލާހަކަށް 24 ކުދިންގެ ލިމިޓަކާ އެކު ކިޔަވައި ދެމުން އަންނައިރު، ކިޔަވައިދޭ ޓީޗަރުންނަކީ ރޮބޯތިންކު ފްރެންޗައިޒްގެ ސެޓިފައިޑް، ޓްރެއިންޑް ޓީޗަރުންނެވެ.

ރޮބޯތިންކް: އިޖާދީ ޖީލެއް ބިނާ ކުރުމުގެ ސެންޓަރެއް
ރޮބޯތިންކް: އިޖާދީ ޖީލެއް ބިނާ ކުރުމުގެ ސެންޓަރެއް

ރޮބޯތިންކުން ކިޔަވައިދޭ ސްޓެމް އެޑިޔުކޭޝަނަކީ ސައިންސް، ޓެކްނޮލަޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސްގެ އަމަލީ މަސައްކަތްތައް ހިމެނޭ ގޮތަށް ހިންގާ ޕްރޮގްރާމުތަކެވެ. މިފަދަ ޕްރޮގްރާމުތަކުގެ ތެރޭގައި، ކޯޑިން އާއި ރޮބޮޓިކްސް ފަދަ ޕްރޮގްރާމުތައް ފާހަގަކޮށްލެވެއެވެ. ޒަމާންވީ ތައުލީމީ އާދަތަކާއި ވައްޓަފާޅި އާއި ތަފާތު ސްޓެމް އެޑިޔުކޭޝަން އަކީ ފޮތުގައި އޮންނަ އެއްޗެއް ދަސްކުރުމުގެ ބަދަލުގައި އަމިއްލަ އަށް އަމަލީ މަސައްކަތް ކޮށް، ކަންކަމާއި މެދު ސުވާލު އުފައްދާ އަމިއްލަ އަށް އެއްޗެހި ބިލްޑްކޮށް، ބިލްޑުކުރުމުގައި އޮޅުން އަރާ ކަންކަން އަމިއްލަ އަށް ހޯދުމަށް ބާރު އަޅާ އެއްޗެކެވެ.

ރޮބޯތިންކު މޯލްޑިވްސްގައި ކިޔަވާ ދެމުންދާ ޓީޗަރު މަރިޔަމް އަލާނިޔާ ބުނީ ރޮބޯތިންކަކީ "ލާން ތްރޫ ޕްލޭ" ކޮންސެޕްޓަށް ކިޔަވައިދެމުން އަންނަ ތަނެއް ކަމަށެވެ. ލާން ތްރޫ ޕްލޭ އަކީ އަމަލީ ފިލާވަޅުތަކެއްގެ ތެރެއިން ކުދިންނަށް ކިޔަވައިދިނުމަށް ކިޔާ ނަމެކެވެ. އަލާނިޔާ ބުނީ، ސްޓެމް އެޑިޔުކޭޝަން އަކީ އެ ކުއްޖެއްގެ އަމިއްލަ ދިރިއުޅުމުގައި ބޭނުން ހިފޭނެ ގިނަ ކަންތައްތަކެއް ދަސްކޮށްދޭ އެއްޗެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް ކޮންމެ ކުއްޖަކަށް ވެސް ބޭނުން ހިފޭނެ ގިނަ ސްކިލްތަކެއް މީގެ ތެރެއިން ދަސްކޮށްދެވޭ ކަމަށް ވެސް އަލާނިޔާ ބުންޏެވެ. އެގޮތުން، ކްރިކަލް ތިންކިން އާއި ޕްރޮބްލަމް ސޯލްވިން ފަދަ މުހިންމު ކަންތައްތައް ފާހަގަ ކުރި އެވެ. މީގެ އިތުރުން ކުދިންނަށް މިހާރުއްސުރެ، އެ ކުދިންނަށް ދަސްވެފައި ހުރި ތަފާތު އެކި ކަންތައްތައް އެޕްލައި ކުރާނެ ގޮތްތައް ވެސް ކިޔަވައުދެމުންދާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ކުޑައިރު ކުޅެން ގެންގުޅޭ ލެގޯ ފަދަ ތަކެއްޗާއި ކުޅުމުގައި ބޭނުން ކުރާ ބައެއް އުކުޅުތައް ރޮބޮޓިކްސްގެ ތެރެއިން އެޕްލައި ކުރާނެ ގޮތްތައް ވެސް ކުދިންނަށް ކިޔައިދޭ ކަމަށް އަލާނިޔާ ބުންޏެވެ.

އަލާނިޔާ ބުނީ ރޮބޯތިންކުގައި ކިޔަވައިދިނުމަށް އެ ފްރެންޗައިޒުން ދިން ތަމްރީނުތަކުގައި ކުދިންނަށް އަމިއްލަ އަށް ހެދޭ މިސްޓޭކުތައް ދެނެގަތުމަށް އެހީވާންވީ ގޮތްތަކާއި ކުދިންނާއި ގުޅިގެން ސެޝަންތައް ކުރިއަށް ގެންދަންވީ ގޮތް ކިޔައިދިން ކަމަށެވެ. އަލާނިޔާ ބުނީ ކިޔަވާ ދިނުމުގައި ބޮޑަށް ސަމާލުކަން ދޭންވީ ކުދިން ދެނެގަނެ އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އިސްކަން ދޭ ކަމަށެވެ.

ރޮބޯތިންކުން ބުނީ އެ ތަނަށް އަންނަ ދަރިވަރުންނާއި އެ ކުދިންގެ މައިންބަފައިންގެ ފަރާތުން ލިބެމުންދަނީ ޕޮޒިޓިވް، ރަނަގޅު ފީޑްބެކުތަކެކެވެ. އަދި މިއީ ކުދިންގެ މެދުގައި މަގުބޫލު ޕްރޮގްރާމުތަކަކަށް ވެއްޖެ ކަމަށާއި، މުސްތަގުބަލުގައި ރޮބޮޓިކްސްގެ ރޮނގުން އުފެއްދުންތެރި ކުދިންތަކެއް ރާއްޖެއިން ފެންނާނެ ކަމަށެވެ.

ރޮބޯތިންކަށް ލިބެމުންދާ ތަރުހީބުގެ ސަބަބުން، އިތުރު ޕްރޮގްރާމުތައް ހިންގާ ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތުތައް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ޕްރޮގްރާމުތަކެއް ހިންގުމަށް މިހާރު ރާވަމުންދާ ކަމަށް ރޮބޯތިންކުން ބުންޏެވެ. ރޮބޯތިންކުގެ ޕްރޮގްރާމުތަކުގެ މައުލޫމާތާއި ރެޖިސްޓްރޭޝަންގެ ކަންތައްތައް ގުޅައިގެން ނުވަތަ އީމެއިލް ކޮށްގެން ކުރެވޭނެ އެވެ.

ފޯނު: 3308777

އީމެއިލް:[email protected]ނޯޓު: މިއީ ރޮބޯތިންކުގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.