ސްޕޯޓްސް ކޯޕަރޭޝަނާ ގުޅިގެން ފައިގަތަޅާ މުބާރާތެއް ބާއްވަނީ
ސްޕޯޓްސް ކޯޕަރޭޝަނާ ގުޅިގެން ފައިގަތަޅާ މުބާރާތެއް ބާއްވަނީ

ސްޕޯޓްސް ކޯޕަރޭޝަނާއި ޔުނިކްސް ސްޕޯޓްސް ގުޅިގެން ބާއްވާ، "ފައިގަތަޅާ ފޯރި" ގެ ނަމުގައި މުބާރާތެއް ބާއްވަން އިއުލާންކޮށްފި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނާ ގުޅިގެން ފައިގަތަޅާ މުބާރާތެއް ބާއްވަނީ
ސްޕޯޓްސް ކޯޕަރޭޝަނާ ގުޅިގެން ފައިގަތަޅާ މުބާރާތެއް ބާއްވަނީ

ސަރުކާރު އަދި އަމިއްލަ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ، މުބާރާތް އޮންނާނީ މިމަހު 22-26 އަށެވެ.

ޔުނިކްސް ސްޕޯޓްސްއިން ބުނީ މުބާރާތުގެ މަގްސަދަކީ ކުރީގައި ފޯރީގައި ކުޅުނު ސާގާފީ ކުޅިވަރުތައް ދިރުވައި އާލާކުރުން ކަމަށެވެ. މުބާރާތް ކުޅޭނީ ޑޮޖްބޯޅައިންނެވެ.

"އުފާވެރި މަޖާ ކުޅިވަރެއްގެ ފޯރި އަލުން މުޖުތަމައަށް ގެނައުމުގެ ގޮތުން ކުރާ ކަމެއް މީ،" ޔުނިކްސް ސްޕޯޓްސް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ހުޅުމާޅޭގައި ބާއްވާ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ސްޓައިލަށް ފިޓްވާ ގޮތަށް ގަވާއިދުތަކަށް ބަދަލު ގެނެސްގެންނެވެ. ކޮންމެ ޓީމެއްގައި 12 ކުޅުންތެރިން އަދި ދެ އޮފިޝަލުން ހިމެނެން ޖެހޭނެ އެވެ.

މުބާރާތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވައިލައިފަ އެވެ. ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާނީ މިމަހު 15 ދުވަހުގެ މެންދުރު 12 އަށެވެ. މުބާރާތުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޔުނިކްސް ސްޕޯޓްސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް މެސެޖް ކުރުމަށް އެކުންފުނިން އެދެ އެވެ. އަދި ޓެލެގްރާމް އަދި ވަޓްސްއެޕް މެދުވެރިކޮށް 9998408 / 7388536 އަށް މެސެޖްކޮށްގެން ގެންވެސް ރަޖިސްޓްރީ ވެވޭނެ ކަމަށް ޔުނިކްސް ސްޕޯޓްސްއިން ބުނެ އެވެ.

މުބާރާތް ބޭއްވުމަށް އެޗްޑީސީ އާއި އާރްޑީސީން ދެމުންގެންދާ އެއްބާރުލުން ޔުނިކްސް ސްޕޯޓްސްއިން ފާހަގަ ކުރި އެވެ.