ބީޓީއެސް ވައިޓް ހައުސް އަށް
ބީޓީއެސް ވައިޓް ހައުސް އަށް

ކޭޕޮޕްގެ އެންމެ ބޮޑު ގްރޫޕު ބީޓީއެސް، އެމެރިކާގެ ވައިޓް ހައުސް އަށް ގޮސް ރައީސް ޖޯ ބައިޑެންއާ ބައްދަލުކޮށްފި އެވެ.

ބީޓީއެސް ވައިޓް ހައުސް އަށް
ބީޓީއެސް ވައިޓް ހައުސް އަށް

ކޭޕޮޕް މިއުޒިކުން އެމެރިކާގެ ޗާޓުތަކުގައި ބީޓީއެސް މިހާރު ރަސްކަން ކުރަމުން އަންނަ އިރު އެ ގްރޫޕަކީ ތަފާތު އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކަށް ވެސް ވާހަކަ ދައްކާ ގްރޫޕެކެވެ.

އިއްޔެ އެމެރިކާގެ ވައިޓް ހައުސް އަށް ބީޓީއެސް ދިޔައީ އޭޝިއަން އެމެރިކަން އެންޑް ނޭޓިވް ހަވާއިއަން ޕެސިފިކް އައިލެންޑާ (އޭއޭއެންއެޗްޕީއައި) ހެރިޓޭޖް މަހާ ގުޅިގެންނެވެ. އެއީ އޭޝިއާ ދަރިކޮޅުގެ އެމެރިކާ މީހުންނަށް ކުރިމަތިވާ އެކި ނުރައްކާތަކާއި އަނިޔާތަކަށް ހޭލުންތެރިކުރުމުގެ ގޮތުންނެވެ.

ވައިޓް ހައުސް އަށް ދިޔުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގްރޫޕުގެ ހުރިހާ މެމްބަރުން ވާހަކަދެއްކި އެވެ.

އެމެރިކާގައި ދިރިއުޅޭ އޭޝިއާ ނަސްލުގެ މީހުންނަށް ކުރިމަތިވާ ނަސްލީ ތަފާތުކުރުމާއި އަނިޔާތަކުން ސަލާމަތްކޮށް އެކަންތައްތައް ހުއްޓުވުމަށް ވަނީ އެ ބައްދަލުވުމުގައި ބީޓީއެސް ގޮވާލައިފަ އެވެ.

އޭގެ ފަހުން ބީޓީއެސް ވަނީ ރައީސް ބައިޑެންއާ ބައްދަލުކޮށްފަ އެވެ. އަދި އޭޝިއާ ނަސްލުގެ މީހުންނަށް ހުރި ދަތިތަކާ ގުޅޭގޮތުން ރައީސްއާ ވާހަކަ ދެއްކި އެވެ.