ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހިން ހޯދަނީ
ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހިން ހޯދަނީ

ރާއްޖޭގެ ސްކޫލްތަކުގައި މިހާރު ބިދޭސީ ޓީޗަރުން ތިބި މަގާމްތަކަށް ދިވެހިން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނި ގޮތުގައި ދިވެހިން ހޯދަނީ މިދިޔަ ސެޕްޓެމްބަރު 30ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުން އަންނަ ބިދޭސީން ތިބި މަގާމުތަކަށެވެ. އެއީ އެ މަގާމްތަކުގައި ތިބި ބިދޭސީންނަކީ ދިވެހީން ނުލިބިގެން އެ މަގާމުތަކަށް ލާފައި ތިބި ޓީޗަރުން ކަމަށް އިއުލާނުގައި ބުންޏެވެ.

އަންނަ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ އަށެއްގަ އެވެ. ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް ދިވެހި ޓީޗަރުން ހޯދަން ބޭނުންވާ ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.

ސްކޫލުތަކުގެ މަގާމުގެ އަދަދު ބިނާކޮށްފައިވަނީ ދަރިވަރުންގެ އާބާދީ އަށް ބަލާފައިކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.