ކޭކޭގެ ރީތި ލަވަތަކުން ކުޑަ ޕްލޭލިސްޓެއް
ކޭކޭގެ ރީތި ލަވަތަކުން ކުޑަ ޕްލޭލިސްޓެއް

ކްރިޝްނާ ކުމާރު ކުންނަތު (ކޭކޭ)ގެ އަސަރުގަދަ ލަވަތައް ބައިވަރެވެ. ކޭކޭގެ ކުއްލި މަރުން ޝޮކެއްގައި ތިބި އޭނާގެ ފޭނުންނަށް މި ލަވަތައް މިހާރު ވަކިން ހާއްސަ އެވެ.

ކޭކޭގެ ރީތި ލަވަތަކުން ކުޑަ ޕްލޭލިސްޓެއް
ކޭކޭގެ ރީތި ލަވަތަކުން ކުޑަ ޕްލޭލިސްޓެއް

ކުރިއަށް އޮތް ތަނުގައި އޭނާގެ އާ މިއުޒިކް އަޑުއަހާލަން ނުލިބުނަސް އެއީ ފިލައި ނުދާނެ އަޑެކެވެ. އޭނާގެ މިއުޒިކް ކެރިއަރުގައި ވަނީ މީހުން ދުވަހަކު ވެސް ހަނދާނުން ނެތިގެން ނުދާނެ ފަދަ ވަރުގަދަ ލަވަތައް ކިޔައިފަ އެވެ.

ޕްލޭބެކް ލަވަކިޔުމަށް މަޝްހޫރު ކޭކޭގެ މިއުޒިކީ ކެރިއަރުގައި ވަނީ 500 އަށް ވުރެ ގިނަ ހިންދީ ލަވަ ކިޔައި 200 އަށް ވުރެ ގިނަ ތެލެގު އަދި މަލިޔާލަމް ލަވަ ކިޔައިފަ އެވެ.

އެހެންވެ އޭނާގެ ލަވަތަކުން އެންމެ ރީތި ލަވަތަކެއް ހޯދަން ވަރަށް އުނދަގުވާނެ އެވެ. މިއީ އޭނާގެ ލަވަތަކުން ވަރަށް ފާހަގަކުރެވޭ އަދި ހިތްގައިމު ލަވަކޮޅެއް ހިމެނޭ ޕްލޭލިސްޓެކެވެ.

އަބީ އަބީ އަކީ 2012 ވަނަ އަހަރު ނެރުނު ތުރިލާ ފިލްމު "ޖިސްމު 2" ގައި އެންމެ ފާހަގަކުރެވޭ އެއް ލަވަ އެވެ. މުޅި ފިލްމުގެ ސައުންޑްޓްރެކްގައި ވެސް ރީތި ލަވަތައް ހުރި އިރު ގިނަ ބަޔަކު އެންމެ ގަޔާވެގެން ޖަހާ އެއް ލަވައަކީ މިއީ އެވެ.

މިއީ ގިނަ ދިވެހިންނަށް ވެސް އެނގޭނެ ލަވަ އެކެވެ. މިއީ މަޝްހޫރު ފިލްމު "އޯމް ޝާންތި އޯމް"ގައި ހިމެނޭ ހިތްގައިމު ލަވައެކެވެ. އެ ފިލްމު 2007 ވަނަ އަހަރު ނެރުމާ އެކު މަގުބޫލުކަން ލިބުނު ލަވަޔަށް އަދިވެސް ދެގޮތެއް ނުވެ އެވެ.

މިއީ 2006 ވަނަ އަހަރު ނެރުނު ތުރިލާ ފިލްމު "ގޭންގްސްޓާ"ގައި ހިމެނޭ ލަވައެކެވެ. މި ލަވައިގެ ދެ ރެންޑިޝަން އަލްބަމް ސައުންޑްޓްރެކްގައި ހިމެނޭ އިރު އެ ދެ ރެންޑިޝަން އަކީ ވެސް ކޭކޭ ކިޔާފައިވާ ދެ ލަވަ އެވެ. މި ޕްލޭލިސްޓުގައި ހިމަނާލާފައިވާނީ އެ ލަވައިގެ "ޕާޓް 1" އެވެ.

މި ލަވަ އަކީ 2006 ވަނަ އަހަރު ނެރުނު ލޯބީގެ ތުރިލާ ފިލްމު "ވޯ ލަމްހޭ"ގައި ހިމެނޭ ލަވައެކެވެ. މި ލަވަ ނެރުނު ދުވަސްވަރު ހުރިހާ ރޭޑިއޯއަކުންނާއި މިއުޒިކް ޗެނަލްތަކުން ދައްކަމުން ދިޔައީ މި ލަވަ އެވެ.

މިއީ ވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ލަވަ އެކެވެ. މި ލަވައަކީ 2008 ވަނަ އަހަރު ނެރުނު ލޯބީގެ ފިލްމު "ބަޗުނާ އޭ ހަސީނޯ"ގައި ހިމެނޭ ލަވަ އެކެވެ. ކޭކޭގެ އިތުރުން މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިން ކަމަށްވާ ޝިލްޕާ ރާއޮ އަދި ވިޝާލް ޝޭކަރު ވެސް މި ލަވައިގައި ހިމެނޭނެ އެވެ.

މި ލަވަ އަކީ 2010 ވަނަ އަހަރު ނެރުނު ލޯބީގެ ފިލްމު "ކައިޓްސް" އަށް ކޭކޭ ކިޔާފައިވާ ލަވައެކެވެ. މުޅި އަލްބަމްގައި ހިތްގައިމު ލަވަތައް ހިމެނޭ އިރު އޭގެ އިތުރު ލަވައެއް ވެސް ކޭކޭ ކިޔާފައި ވެ އެވެ. އަލްބަމްގައި ހިމެނޭ ލަވަ "ދިލް ކިޔުން ޔެ މޭރާ" އަކީ ކޭކޭގެ ހިތްގައިމު އަޑެވެ.

މިއީ މަޝްހޫރު ތުރިލާ އަދި ލޯބީގެ ފިލްމު "ޖަންނަތު" ގެ ލަވައެކެވެ. އަޑުގެ ވެރިންނަކީ ކޭކޭ އާއި މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިޔާ ޕްރިތަމް އެވެ.

މިއީ ކޭކޭގެ ޕްލޭލިސްޓުގައި ހިމެނޭ ލަވަތަކުގެ ތެރެއިން ގިނަ ބަޔަކަށް އެހާ ބޮޑަށް އަޑު އިވިފައިވާ ލަވައަކަށް ނުވެދާނެ އެވެ. މި ލަވައަކީ 2013 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "3 ޖީ: އަ ކިލާ ކަނެކްޝަން"ގައި ހިމެނޭ ލަވައެކެވެ. މި ލަވަ ކިޔާފައިވަނީ ކޭކޭ އާއި ޕްލޭބެކް ލަވަކިޔުންތެރިޔާ ސޯނަލް ޗޯހާން އެވެ.

މިއީ 2004 ވަނަ އަހަރު ނެރުނު ތުރިލާ އަދި ލޯބީގެ ފިލްމު "އަކްސަރު"ގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ލަވަ އެވެ. ކޭކޭގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ސުނީދީ ޗޯހާން ވެސް ވަނީ މި ލަވައިގެ ބައިތައް ކިޔައިފަ އެވެ.

ސަޖުދޭ އަކީ 2010 ވަނަ އަހަރު ނެރުނު ކޮމެޑީ އަދި ޑްރާމާ ފިލްމު "ކައްޓާ މީޓާ" ގައި ހިމެނޭ ލަވައެކެވެ. ލޯބީގެ މި ލަވަ ކިޔާފައިވަނީ ކޭކޭ އާއި ޕްރިތަމް އަދި ސުނީދީ ޗޯހާން އެވެ.

މިއީ ވެސް ކޭކޭ އާއި ޕްރިތަމް އެކީގައި ކިޔާފައިވާ ލަވައެކެވެ. ހިތާމަވެރި މި ލަވަ ހިމެނެނީ 2013 ވަނަ އަހަރު ނެރުނު ތުރިލާ ފިލްމު "މާޑާ 3" ގަ އެވެ.

މިއީ 2012 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "ރާޒު 3"ގައި ހިމެނޭ ލަވައެކެވެ. ފިލްމު ފްލޮޕަކަށް ވުމުގެ ސަބަބުން އަލްބަމްގެ ލަވަތައް ގިނަ ބަޔަކަށް އަޑު އިވިފައި ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ ހަމަ ގައިމު ވެސް ގިނަ ބަޔަކަށް އެނގޭނެ ލަވައަކަށް ވާނެ އެވެ. މި ލަވަ އަކީ 2013 ވަނަ އަހަރު ނެރުނު އެންމެ ބޮޑު ފިލްމު "އާޝިކީ 2"ގައި ހިމެނޭ ލަވައެކެވެ. މުޅި އަލްބަމްގައި ވެސް ފާހަގަކުރެވޭ ލަވަތައް ހިމެނޭ އިރު މިއީ ވެސް އޭގެތެރޭގައި ހިމެނޭ ހިތްގައިމު ލަވައެކެވެ. ކޭކޭ އާއެކު މި ލަވަ ކިޔާފައިވަނީ ތުލްސީ ކުމާރެވެ.

1. ކޭކޭގެ ހިތްގައިމު ލަވަތަކުގެ ޕްލޭލިސްޓެއް