01 ޖޫން 2022 - 06:58

އެއްވެސް އުސޫލެއް ނެތި، އެތައްމިތަނަށް ހެެދުން އަޅާފައި ބަހައްޓާ ނަމަ، ލާނެ ހެދުމަކާ މެދު ވަރަށް ބޮޑަށް ފިކުރުކޮށް ވަގުތު ވެސް ބޭކާރު ވެދާނެ އެވެ. އޭގެ ބަދަލުގައި އަލަމާރި ތަންކޮޅެއް ތަރުތީބުކޮށްލައިފި ނަމަ، ލާނެ ހެދުމެއް ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވެ އެވެ.

ހެދުން ބަހައްޓާފައި ނުވަތަ އަޅުވާފައި ހުންނަ ތަނެއް ތަރުތީބުވާން ޖެހެ އެވެ. ޕްރޮފެޝަނަލް އޯގަނައިޒާއެއްގެ އިތުރުން އާޓް އޮފް ޑެލުޓަރިންގެ ވެރިޔާ، ކްރިސްޓީ ފަރުޖިއާ ބުނާ ގޮތުގައި ހުރިހާ އަންނައުނެއް ފެންނަ ގޮތަށް ތަރުތީބުން ހެދުންތައް ބަހައްޓާ ނަމަ، ލާނެ ހެދުމަކާ މެދު ވިސްނަން އެހާ ގިނަ ވަގުތު ބޭކާރެއް ނުވާނެ އެވެ.

އޭނާ ބުނީ، ހުރިހާ ހެދުމެއް ނުފެންނަ ގޮތަށް ހުންނަ ނަމަ، ހަނދާން ނެތުމަށް ވެސް މަގު ފަހިވެ އެވެ.

ސްލޯ ފެޝަން ބްރޭންޑް، ޖޯސްލިންގެ ކްރިއޭޓިވް ޑިރެކްޓަރު، އެލިނާ ބުނިގޮތުގައި، އަލަމާރީގައި ވަކިވަކި ވަތްގަނޑުތައް ހުންނަ ނަމަ، އަޅުވާފައި ހުންނަ ހެދުންތަކުގެ އިތުރުން ފަތްޖަހާފައިވާ ސާމާނުތައް ވެސް ފަސޭހައިން ފެންނާނެ އެވެ. އެއީ މީހާ މެންޓަލީ މާބޮޑު ތަކުލީފުތަކެއް އުފުލައި ހުރިހާ ހެދުންތަކެއް ނަގައިގެން އެއްޗެހި ހޯދުމަށް ވުރެ މާ ބޮޑަށް ވެސް ފަސޭހަ ގޮތެކެވެ.
އޭނާ ބުނީ، އަލަމާރީގައި ހެދުންތައް ތަރުތީބުކުރާއިރު އެކި ކެޓަގަރީތަކަށް ހެދުންތައް ބަހައިލަން ސަމާލުކަން ދޭ ކަމަށެވެ. މިސާލަކަށް އެއް ކުލައެއް އެއް ތަނަކަށް އަޅަނީ އެވެ.
އަލަމާރީގައި ހެދުންތައް އަޅުވާއިރު ސަމާލުކަންދޭން ޖެހޭ އަނެއް ކަމަކީ ކޮންމެ ހަފުތާއަކު އެއް ދުވަހު ހެދުމެއް ލެވޭ ގޮތަށް އަތުރާލުމެވެ. އަދި ޓީޝާޓަކީ ލައިގެން އުޅެން ފަސޭހަ އެއްޗަކަށް ވާތީ އެ ކަހަލަ ހެދުންތައް ގިނައިން ލާ ނަމަ ނަގަން ފަސޭހަ ހިސާބެއްގައި އެ ހެދުންތައް ބެހެއްޓުން މުހިއްމެވެ.
އަލަމާރި ތަރުތީބުކުރާއިރު އަބަދުވެސް ކޮނޑުގައި އަޅުވާނީ ކޮނޑަށް ބަރު ނުވާނެ ކަހަލަ ހެދުމެވެ. އެކަަމަކު ހަވީރު ގަޑިއަށް ހާއްސަ ހެދުމާއި އޮފީހަށްދާ ގަޑީގައި ލާ ކަހަލަ އެއްޗެހީގައި ބޮޑަށް ރޫޖެހުނަ ނުދިނުމަށް ކޮނޑުގައި އެޅުވުން ރަނގަޅެވެ.
ލެދާ ޕޭންޓްސް އާއި ސްކާޓުގެ އިތުރުން ޑެނިމް އެއްޗެހި ފަތްޖަހާފައި ކަބަނޑުގައި ބެހެއްޓިދާނެ އެވެ. އަދި ފަތްޖަހާ ގޮތަށް ސީދަލަށް ހެދުންތައް ބަރިޖަހާފައި އަތުރާލުމުގެ ބަދަލުގައި ގިނަ އެއްޗެހި އަލަމާރި އަށް ލެވޭނީ ކައްޗަކަށް ހެދުންތައް އަތުރާލައިފި ނަމަ އެވެ.