30 މެއި 2022 - 21:11

ގައުމީ ޔުނިވާސިޓީގައި އަންގާރަ ދުވަހު ބާއްވަން ހަމަޖެއްސި ޖޮބް ފެއާ ބުދަ ދުވަހަށް ފަސްކޮށްފި އެވެ.
އެމްއެންޔޫ އިން ބުނީ މި ފެއާ ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. މި ފެސްޓިވަލް މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.
މި ޖޮބް ފެއާގައި އެމްއެންޔޫގެ އިތުރުން ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ އެކި މުއައްސަސާތައް ބައިވެރިވާނެ އެވެ. ޖުމްލަ 30 ފަރާތަކުން ބައިވެރިވާ މި ޖޮބް ފެއާގެ އަމާޒަކީ އެކި ދާއިރާތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. އަދި އެކި ދާއިރާތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް އަންގައިދިނުމެވެ.
އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ފެއާގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް އޮންނާނެ އެވެ.