ފުވައްމުލަކުގައި ތެޔޮ ހުސްކުރި ޓޭންކެއްގައި ރޯވެ އެކަކު ސީރިއަސް
ފުވައްމުލަކުގައި ތެޔޮ ހުސްކުރި ޓޭންކެއްގައި ރޯވެ އެކަކު ސީރިއަސް

ފުވައްމުލަކުގައި، ތެޔޮ ހުސްކޮށްފައި އޮތް ޓޭންކެއްގައި މިއަދު ރޯވެ، އެކަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެ އެވެ.

ފުވައްމުލަކުގައި ތެޔޮ ހުސްކުރި ޓޭންކެއްގައި ރޯވެ އެކަކު ސީރިއަސް
ފުވައްމުލަކުގައި ތެޔޮ ހުސްކުރި ޓޭންކެއްގައި ރޯވެ އެކަކު ސީރިއަސް

ފުވައްމުލަކު ސިޓީ ކައުންސިލްގެ ރައީސް އިސްމާއިލް ރަފީގު "މިހާރު" އަށް ވިދާޅުވީ ރޯވެފައިވަނީ ބަނދަރުމަތީގައި އޮތް، ތެޔޮ ހުސްކުރި ޓޭންކުތަކެއްގައި ކަމަށެވެ. އެކަން ދިމާވީ ބާ ދަގަނޑު ގަންނަ ބަޔަކު އެ ޓޭންކް ކަފަން އުޅެނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އަލިފާން ރޯވެ ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ. އަނިޔާވި މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެެވެ.

ޓޭންކުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފަ އެވެ.