ޓީމު ރެލިގެޓްވުމުން ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގައިފި
ޓީމު ރެލިގެޓްވުމުން ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގައިފި

ސެއިން-އެޓީން (މެއި 30) - ފްރާންސްގެ ސެއިން-އެޓީން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން ސަޕޯޓަރުން ނުކުމެ ހަމަނުޖެހުން ހިންގައިފި އެވެ.

ޓީމު ރެލިގެޓްވުމުން ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގައިފި
ޓީމު ރެލިގެޓްވުމުން ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގައިފި

އެކަމަކު އެއްވެސް މީހަކަށް ގެއްލުންވި ކަމަކަށް ރިޕޯޓްކޮށްފައެއް ނެތެވެ.

ފްރެންޗް ލީގުގެ ރެލިގޭޝަންގެ ޕްލޭއޮފްގައި، ރޭ އޮކްސޭއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓުގައި، މެޗުން އޮކްސޭ މޮޅުވި ޕެނަލްޓީއާ އެކު ރުޅިގަދަވެފައި ތިބި ސެއިން-އެޓީންގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ހަމަނުޖެހުން ހިންގައިފަ އެވެ. ދަނޑަށް އަލިފާން ބޯޅަ ވެސް ސަޕޯޓަރުން އުކި އެވެ. ސަޕޯޓަރުން ހުއްޓުވަން ފުލހުން ވަނީ ކަރުނަ ގޭސް ޖަހައިފަ އެވެ.

ސަޕޯޓަރުން ދަނޑަށް އަރަން ފެށުމާ އެކު، ފުލުހުން ވަނީ ކުޅުންތެރިންނަށް ހިމާޔަތްދީ ޗޭޖިން ރޫމަށް ވައްދައިފަ އެވެ. މީގެ ކުރިން ވެސް ސެއިންޓް އެޓީންގެ ސަޕޯޓަރުންގެ އަމަލުތަކާ ހެދި ފްރާންސް ލީގު ބޮޑީން ވަނީ އެކްލަބާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. މިދިޔަ މަހު މޮނާކޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ސަޕޯޓަރުން ހަމަނުޖެހުން ހިންގި އެވެ.

ރޭގެ މެޗު ވެސް ކުޅުނީ ދަނޑުގެ އެއްބައި ބަންދުކޮށްގެންނެވެ. ޕްލޭއޮފްގެ ފުރަތަމަ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. ރޭގެ މެޗު 1-1 އެއްވަރުވުމުން، އިތުރު ވަގުތުގެ ދެ ހާފު ކުޅުނު އިރު ވެސް ނަތީޖާ ބަދަލުނުވުމުން ދިޔައީ ޕެނަލްޓީ އަށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އެޓީންގެ ފަހު ޕެނަލްޓީ ރިޔާދު ބޮބުބޫޒް ޖެހުމުން، އޮކްސޭގެ ކީޕަރު ޑޮނޯވަން ލިއޯން ދިފާއު ކުރުމުން، އޮކްސޭ އަށް މެޗު ކާމިޔާބުވި އެވެ. އަދި އެ ޓީންގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައިގެންފަ އެވެ. އޮކްސޭ ވަނީ އަންނަ ސީޒަންގައި ފްރެންޗް ލީގުން ޖާގަ ހޯދައިފަ އެވެ.