30 މެއި 2022 - 14:38

ވިލާ ކޮލެޖުގެ ސެޓްފިކެޓް 4 އިން ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކިޔަވަމުންދާ ދަރިވަރުންގެ އާޓް އެންޑް ޑިޒައިން އެގްޒިބިޝަން، "ސްޕެކްޓްރަމް 2022" ބާއްވައިފި އެވެ.

މި އެގްޒބިޝަންގައި އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ދަރިވަރުން، ޕްރޮގްރާމުގެ ތެރެއިން ކޮށްފައިވާ މަސައްކަތްތައް ވަނީ ދައްކާލައިފަ އެވެ. އަދި މި އިވެންޓަށް ހާއްސަކޮށް ދަރިވަރުން ތައްޔާރުކޮށްފައިވާ މޫވީ ޓްރެއިލާތަކާއި ޕޯސްޓަރުތައް ވެސް ވަނީ ދައްކާލައިފަ އެވެ.
މި އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތް ޝަރަފުވެރި ކޮށްދެއްވީ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ. މި ރަސްމިއްޔާތުގައި ރެކްޓާ އަންވަރު ވަނީ ދަރިވަރުންގެ މަސައްކަތްތައް ހިމެނޭ ހާއްސަ ފޮތެއް ނެރެދެއްވައިފަ އެވެ.
މިއީ ވިލާ ކޮލެޖުން ބޭއްވި މި ފަދަ ދެ ވަނަ އެގްޒިބިޝަނެވެ. މި ފަދަ އެގްޒިބިޝަންތައް ބޭއްވުމުގެ އަމާޒަކީ އެ ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންގެ ހުނަރާއި މަސައްކަތް ދައްކާލުމެވެ. މި އެގްޒިބިޝަން އަކީ ވިލާ ކޮލެޖުގެ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ އެގްޒިބިޝަން އެކެވެ.