އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް ލަސްކޮށްފި
އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް ލަސްކޮށްފި

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް ލަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް ލަސްކޮށްފި
އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް ލަސްކޮށްފި

މުހިއްމު ނިންމުންތަކެއް ޝެޑިއުލްކޮށްފައިވާ ކޮންގްރެސް ބާއްވާ ގޮތަށް ކުރިން އޮތީ، އޮގަސްޓް 4 ގަ އެވެ. އެކަމަކު ލަސްކުރީ، އަސާސީ ގަވާއިދުގައިވާ ތާރީހްތަކަށް ބައެއް ކަންކަން ފެއްތުމަށެވެ.

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް ލަސްކޮށްފި
އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް 19 އަށް ލަސްކޮށްފި

މިގޮތަށް ނިންމީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރު މެމްބަރުން ފާސްކޮށްގެންނެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ތާރީހް ބަދަލުކުރިއިރު، އެ ކޮންގްރެސްއަށް ހުށަހަޅުއްވާނެ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ މެމްބަރުންނާ ކުރިން ހިއްސާކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަދުން ވޯޓު ލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުމުގެ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެކެވެ. އެ އިސްލާހު ހުށަހަޅަން ޖެހޭ ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ، އެއީ އިތުރު ދެ ދައުރަށް އެމްޑީޕީ ވެރިކަމުގައި އޮތުމަށް ރައްޔިތުން އެދޭތީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 700 އަށް ވުރެން ގިނަ މެމްބަރުންނާ އެކު ޖޫން، 2018 ގައި އއ. އުކުޅަހުގަ އެވެ. މި ކޮންގްރެސްގައި، އެންމެ މުހިއްމު ނިންމުމަކަށް ވީ، އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން، އެމްޑީޕީން ރައީސަކަށް ނެރޭނެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވުމެވެ. މިގޮތަށް ނިންމީ، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަނި ވާދަކުރެއްވި ޕްރައިމަރީ ކާމިޔާބުކުރައްވައި ޓިކެޓް ދީފައިވިޔަސް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރުމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރު ވަނީ ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.