މުދާ ބަރުކޮށްގެން ހުވަދު އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި
މުދާ ބަރުކޮށްގެން ހުވަދު އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި

މާލެއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ، "މާޒު" ނަމަކަށް ކިޔާ ބޯޓެއް މިއަދު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ މުދާ އުފުލާ، "މާޒު" ބޯޓު ފަރަށް އަރާފައި ވަނީ އަށް މީހުންނާ އެކު ދަތުރުކުރަމުންދަނިކޮށް މ. ތުވަރުގެ އިރުއުތުރުން އަށް ނޯޓިކަލް މޭލު ބޭރު ފަރަކަށް ކަމަށެވެ.

ލ. ކައްދޫގެ އެ ބޯޓަކީ މާލެއިން މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެކަމަކު އެ ހާދިސާ ހިނގިއިރު އޭގައި ހުރީ ކިހާ މުދަލެއް ކަމެއް ސާފެއް ނުވެ އެވެ.

ފަތިހު 4:50 ހާއިރު އެ ބޯޓު ފަރަށް އަރައިގެން ރިޕޯޓްކޮށްފައިވާތީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގެ މޫސުން މި ދުވަސްވަރު ވަރަށް ގޯހެވެ. ކަނޑުތައް މިއަދު ވެސް ވަރަށް ގަދަ އެވެ.