ގްރޭންޑް ޕާކް ކޮއްދިއްޕަރުން ދެ ވަނަ ފަހަރަށް ގްރީން ގްލޯބް ސެޓްފިކެޓް ހޯދައިފި
ގްރޭންޑް ޕާކް ކޮއްދިއްޕަރުން ދެ ވަނަ ފަހަރަށް ގްރީން ގްލޯބް ސެޓްފިކެޓް ހޯދައިފި

ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް އިން ވިދިވިގެން ދެ ވަނަ ފަހަރަށް ގްރީން ގްލޯބް ސެޓްފިކެޓް ހޯދައިފި އެވެ.

ގްރޭންޑް ޕާކް ކޮއްދިއްޕަރުން ދެ ވަނަ ފަހަރަށް ގްރީން ގްލޯބް ސެޓްފިކެޓް ހޯދައިފި
ގްރޭންޑް ޕާކް ކޮއްދިއްޕަރުން ދެ ވަނަ ފަހަރަށް ގްރީން ގްލޯބް ސެޓްފިކެޓް ހޯދައިފި

ގްރީން ގްލޯބް ސެޓްފިކެޓަކީ ޓޫރިޒަމް ސިނާޔަތުގައި ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ތަންތަން އަގުވަޒަން ކުރުމުގެ ގޮތުން ދޭ ބައިނަލްއަގުވާމީ ސެޓްފިކެޓެކެވެ. ގްރީން ގްލޯބުން މި ސެޓްފިކެޓް ދެނީ ޔުނައިޓަޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) އާ ގުޅިގެްނެވެ.

ގްރޭންޑް ޕާކް ކޮއްދިއްޕަރުން ދެ ވަނަ ފަހަރަށް ގްރީން ގްލޯބް ސެޓްފިކެޓް ހޯދައިފި
ގްރޭންޑް ޕާކް ކޮއްދިއްޕަރުން ދެ ވަނަ ފަހަރަށް ގްރީން ގްލޯބް ސެޓްފިކެޓް ހޯދައިފި

އެ ރިސޯޓުގައި ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް ހާއްސަކޮށް އުފައްްދައިފައިވާ 'ގްރީން ޓީމް'އެއް އޮވެ އެވެ. އެ ޓީމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ތިމާވެށި ރައްކާތެރި ކުރުމަށް ކަންކަން ހިންގުމާއި އެފަދަ ކަންކަން ގަވައިދުން މޮނިޓާ ކުރުން ހިމެނެ އެވެ.

ގްރީން ގްލޯބް ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ކޮއްދިއްޕަރުގެ ޖެނެރަލް މެނޭޖަރު ރަފައެލް ސޮލްފެރިނޯ ވިދާޅުވީ ގްރީން ގްލޯބް ސެޓްފިކެޓް ދެވަނަ ފަހަރަށް ލިބުމަކީ އެ ރިސޯޓަށަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"ރިސޯޓުގެ ގްރީން ޓީމާ ދޭތެރޭ އަޅުގަނޑު ވަރަށް ފަޚުރުވެރިވަން. މިކަަމުގައި އަޅުގަނޑުގެ ވާޖިބަކީ އެ މީހުންނަށް ނަމޫނާ އަކަށްވެ ގްރީން ޓީމުގެ ހުރިހާ ކަމަކަށް ވެސް ސަޕޯޓު ދިނުން. ޖުމްލަކޮށް މިއީ ޓީމް އެފޯޓެއް،" ރަފައެލް ވިދާޅުވި އެވެ.

ރާއްޖެ ކަހަލަ ގައުމެއްގައި ހިންގާ ރިސޯޓަކަށް މިފަދަ މަޝްހޫރު ސެޓްފިކެޓެއް ލިބުން އެއީ ރިސޯޓުގެ ސްޓޭކް ހޯލްޑަރުންނަށް ވެސް ވަރަށް މުހިންމު ކަމަށް ވެފައިވާ ކަމަށް ރަފައެލް ވިދާޅުވި އެވެ. އަދި އެ މީހުންގެ އެ ކާމިޔާބީ އަކީ އެހެން ރިސޯޓުތަކުން މިސާލެއްގެ ގޮތުގައި ދެކި، އެ ތަންތަން ވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އޭނާ އެދިވަޑައިގަތެވެ.

މިދިޔަ އަހަރުގެ 'އާތު ޑޭ' ފާހަގަކުރުމުގެ ގޮތުން އެ ރިސޯޓުން ވަނީ ސޯލާ ޕަވާ ސިސްޓަމެއް ތައާރަފް ކޮށްފަ އެވެ. އެ ސިސްޓަމުން ރިސޯޓަށް ބޭނުންވާ ސާފު ހަކަތަ އުފައްދައިދެއެވެ. ނަތީޖާއެއްގެ ގޮތުން އެ ރިސޯޓުން 150،000 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ހުޅުވި އެ ރިސޯޓްގައި ގްރީން ޓީމުން ވަނީ ރިސޯޓު ހުޅުވިއިރު މުރަކަ އިންދާ އާލާ ކުރުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. މި ޕްރޮގްރާމްގެ އަމާޒަކީ މުރަކަ އާލާ ނުވާ ތަންތަނުގައި މުރަކަ ދިރުވުމެވެ.

މިނެރަލް ފެން އުފައްދައިދޭ ޕްލާންޓަކާ އެކު ބިއްލޫރި ފުޅި އުފައްދާ ބޮޓްލް ފެކްޓްރީއެއް ވެސް އެ ރިސޯޓުގައި ވަނީ ހަދައިފަ އެވެ. އޭގެ ސަބަބުން މުޅި ރިސޯޓުގައި ޕްލާސްޓިކް ބޭނުން ކުރާ ވަރު ވަނީ މަދުވެފަ އެވެ.