07 ޖޫން 2022 - 11:28

ތަފާތު އެކި ވިޔަފާރިތައް ހިންގާ ކުންފުނި، މިލިއަން ގްރޫޕުން "މިލިއަން މާޓު"ގެ ފުރަތަމަ ފިހާރަ ހުޅުވީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. އާއްމު ދިރިއުޅުމުގައި ބޭނުން ވާނެ ތަފާތު ގިނަ ބާވަތްތަކެއް އެއްތަނަކުން ގެނެސްދިނުމަށް ހުޅުވި މި ފިހާރަ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. މި ތަރުހީބާ އެކު އެ ކުންފުނިން މި އަހަރުގެ މާޗު ފަހުކޮޅުގައި ވަނީ މާލޭގެ އިތުރު ސަރަހައްދެއްގައި މާޓެއް ހުޅުވައިފަ އެވެ.

މިލިއަން މާޓުން ލިބެން ހުރި އެކި ތަކެއްޗަށް ބަލާއިރު، ކެއިން ބުމަށް ބޭނުން ކުރާ ގިނަ ބާވަތްތަކެއް ލިބެން ހުރެއެވެ. ތާޒާ މޭވާއިން ފެށިގެން، ބަންދުކޮށްފައި ހުންނަ ފްރޯޒަން ފުރުޓާއި، ތަރުކާރީގެ ގިނަ ބާވަތްތައް ވެސް ލިބެން ހުރެއެވެ. އަދި ސިއްހަތަށް ފައިދާ ހުންނަ "ލޯ ކެލޮރީ"ގެ ކިރު ޕެކެޓާއި، ޕާސްތާ ފަދަ ތަކެތި ވެސް ލިބެން ހުރެއެެވެ. އަދި ހަކުރު ބަލީގެ މީހުންނަށް ބޭނުން ކުރެވޭނެ ފަދަ ބައެއް ބިސްކޯދާއި، ކުޑަކުދިންގެ މަގުބޫލުކަން ހޯދާފައިވާ އެކި ކަހަލަ ބްރެކްފަސްޓް ޓްރީޓްސް ވެސް ލިބެން ހުރެއެވެ.

އާއްމުންގެ ޑިމާންޑު އޮންނަ ގިނަ ބާވަތްތަކެއް ލިބެން ހުންނަ މިލިއަން މާޓުގައި ކާބޯތަކެތީގެ އިތުރުން ކޮސްމެޓިކްސްގެ ގިނަ ބާވަތްތަކެއް ވެސް ލިބެން ހުރެއެވެ. އޭގެ ތެރޭގައި، އާއްމުކޮށް ދިވެހިން ބޭނުން ކުރާ ރަސާސީ ބްރޭންޑުގެ ސެންޓާއި، ފޮގް ބްރޭންޑުގެ ބޮޑީ ސްޕްރޭ ފާހަގަ ކޮށްލެވެއެވެ. އަދި އެކި ބްރޭންޑުތަކުގެ ފޭސްވޮޝް އަދި އާފްޓަޝޭވްގެ ބާވަތްތައް ވެސް މި ތަނުން ލިބެން ހުރެއެވެ. މީގެ އިތުރުން، ދިވެހިންގެ މެދުގައި މަގުބޫލު ލައިފް ބޯއި، ޑަވް، އެންޓަބެކްސް ފަދަ ބްރޭންޑުތަކުގެ ޝަވާ ޖެލް ވެސް ލިބެން ހުންނާނެ ކަމަށް މިލިއަން މާޓުން ބުނެއެވެ.
އެއް ތަނަކުން ބޭނުން ވާނެ ގިނަ އައިޓަމްތަކެއް ފޯރުކޮށްދިނުމަކީ މިލިއަން މާޓުގެ އަމާޒަކަށް ވާއިރު، މި ތަނުގައި ގޭތެރެއަށް ބޭނުންވާ ސާމާނާއި، ހިފާގެންގުޅޭ ބައެއް ތަކެތި ވެސް ލިބެން ހުރެއެވެ. އަދި ސްކޫލަށް ބޭނުންވާ ސްޓޭޝަނަރީ އާއި ކުޑަކުދިން ކުޅެން ގެންގުޅޭ ބައެއް އެއްޗިހި ވެސް މި ތަނުގައި އެބަ ހުއްޓެވެ.
މިލިއަން މާޓުގެ މާފަންނު ފިހާރަ ހުންނަނީ، މަޖީދީ މަގުގައި ހުންނަ މިލިއަން ބުކްޝޮޕާއި ޖެހިގެންނެވެ. ދެ ވަނަ މާޓު ހުންނަނީ ސްޓެލްކޯ ކުރިމަތިން އޮންނަ ކަށިމާ ހިނގުމުގައެވެ. މިލިއަން ގްރޫޕުން ބުނީ އެ ކުންފުނިން މިލިއަން މާޓުގެ އިތުރު ފިހާރައެއް ވެސް ހުޅުވުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިލިއަން މާޓުގެ މި ފިހާރަތަކީ ހެޔޮ އަގުތަކެއްގައި ގިނަ ތަކެތި ލިބޭނެ ފިހާރަތަކެއް ކަމަށް ވެސް ބުންޏެވެ.
މި މާޓުގެ ޑެލިވަރީ ހިދުމަތް 7504320 ނަމްބަރަށް ވައިބާކޮށްގެން ލިބޭނެއެވެ.
ނޯޓު: މިއީ މިލިއަން މާޓުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.