ޓޫރިޒަމްގެ ރަން އަހަރަށް ރ. އަތޮޅުގައި ބޮޑު އެކްސްޕޯއެއް ފަށައިފި
ޓޫރިޒަމްގެ ރަން އަހަރަށް ރ. އަތޮޅުގައި ބޮޑު އެކްސްޕޯއެއް ފަށައިފި

ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމަށް "ރ. ޓޫރިޒަމް އެކްސްޕޯ" ގެ ނަމުގައި ބޮޑު އެކްސްޕޯއެއް، އަތޮޅު ކައުންސިލުން އިއްޔެ ފަށައިފި އެވެ.

ޓޫރިޒަމްގެ ރަން އަހަރަށް ރ. އަތޮޅުގައި ބޮޑު އެކްސްޕޯއެއް ފަށައިފި
ޓޫރިޒަމްގެ ރަން އަހަރަށް ރ. އަތޮޅުގައި ބޮޑު އެކްސްޕޯއެއް ފަށައިފި

އެ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ނާސިފު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ދިމާކޮށް މުޅި އަތޮޅަށް އަމާޒުކޮށް އެކި ހަރަކާތްތައް ރާވާފައިވާ ކަމަށެވެ. އެ ހަރަކާތްތައް ފަށާފައިވަނީ މީދޫގައި ބޭއްވި ކަލިނަރީ އާޓްސް އެގްޒިބިޝަނުންނެވެ.

އެގްޒިބިޝަން ފައްޓަވައިދެއްވީ ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާތިފެވެ.

ނާސިފު ވިދާޅުވީ އެގްޒިބިޝަންގައި ރިސޯޓުތަކުގެ އިސްވެރިންނާއި އެކި ރަށްރަށުގެ ސާނަވީ ދަރިވަރުން ބައިވެރިވި ކަމަށެވެ.

"އެ މައުރަޒުގައި ރިސޯޓުތަކުގެ އެހީތެރިކަމާ އެކު އެކި ބާވަތުގެ ކާއެއްޗެހި ތައްޔާރުކޮށް ހުނަރު ދައްކާލާފައިވޭ. ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" މީދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި އެގްޒިބިޝަނާ ގުޅޭގޮތުން ނާސިފު ވިދާޅުވި އެވެ.

އެއަށް ފަހު އަންނަ މަހުގެ 18 ގައި ހުޅުދުއްފާރުގައި މޫދު ކުޅިވަރުގެ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ނާސިފު ވިދާޅުވީ އެ އިވެންޓުގައި ރިސޯޓުތަކުގައި މޫދު ކުޅިވަރުގައި ބޭނުންކުރާ އާލަތްތަކާއި އެ ތަކެތި ބޭނުންކުރުމުގެ ހުނަރު ފެނިގެންދާނެ ކަމަށެވެ. އޭގެ ފަހުން މުޅި އަތޮޅަށް ހުޅުވާލައިގެން އަގޮޅިތީމުގައި އަތްތެރިކަމުގެ މައުރަޒެއް ވެސް އޮންނާނެ ކަމަށް ނާސިފު ވިދާޅުވި އެވެ.

އެކްސްޕޯ ނިންމާލަން ހަމަޖައްސާފައިވަނީ ދުވާފަރުގައި ބާއްވާ ގާލާ ނައިޓުންނެވެ. ޓޫރިޒަމްގެ ދާއިރާއަށް ހިދުމަތްކޮށްދީފައިވާ މީހުންނަށް އެ ރޭ އެވޯޑު ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެ އަތޮޅުގައި މި ވަގުތު ވެސް މަތީ ފެންވަރުގެ 15 ރިސޯޓު ހިންގަ އެވެ.