ޑިޖިޓަލް އައިޑީކާޑު މި އަހަރު ފަހުކޮޅު ތައާރަފްކުރަނީ
ޑިޖިޓަލް އައިޑީކާޑު މި އަހަރު ފަހުކޮޅު ތައާރަފްކުރަނީ

މި އަހަރުގެ ފަހުކޮޅު ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފަށާނެ ކަމަށް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ޑިޖިޓަލް އައިޑީކާޑު މި އަހަރު ފަހުކޮޅު ތައާރަފްކުރަނީ
ޑިޖިޓަލް އައިޑީކާޑު މި އަހަރު ފަހުކޮޅު ތައާރަފްކުރަނީ

ލާމަރުކަޒީ ނިޒާމުން ބާރުތައް ކައުންސިލްތައް ދޫކޮށްލަން ގާނޫނަށް ގެނައި އިސްލާހުތަކުގެ ނަތީޖާ އާއި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން އއ. އުކުޅަހުގައި މިއަދު ފެށި ކޮންފަރެންސްގައި ކައުންސިލަކުން ހުށަހެޅި އެއް ކަމަކީ އައިޑީކާޑު ހެއްދުން އަދިވެސް މާލެއިން ކުރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްދިނުމެވެ. އަތޮޅު ކައުންސިލުން އައިޑީކާޑު ޕްރިންޓް ކުރެވޭނެ ގޮތެއް ފަހިކޮށްދޭން އެދުނެވެ.

ޑިޖިޓަލް އައިޑީކާޑު މި އަހަރު ފަހުކޮޅު ތައާރަފްކުރަނީ
ޑިޖިޓަލް އައިޑީކާޑު މި އަހަރު ފަހުކޮޅު ތައާރަފްކުރަނީ

އެއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި ވެސް ކައުންސިލްތަކުން ފާހަގަކުރި އެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ ޑިޖިޓަލް އައިޑީކާޑުގެ މަސައްކަތުގެ ވަރަށް ބޮޑު ބައި ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް ކުރަނީ މިނިސްޓްރީތަކާ ގުޅިގެން ކަމަށާއި މިހާރު ކުރަމުން އަންނަނީ ޑޭޓާ އެންޓާ ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށިއަސް ބޭނުން ނަމަ ޕްރިންޓް ވެސް ކުރެވޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޒަމާނީ ފަސޭހަތަކާ އެކު ހިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކަށް ވެސް ލުއި ފަސޭހަވާނެ ގޮތަށް ނިޒާމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.

އަލަށް ތައާރަފްކުރާ ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވައި އައިޑެންޓިޓީގެ ވެރިފަރާތާ ގުޅުން ހުރި ރަސްމީ މައުލޫމާތު އެ ފަރާތެއްގެ ރުހުމާ އެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ގާއިމްކުރާނެ އެވެ. އަދި ދައުލަތުގެ އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ ހިދުމަތް އެންސީއައިޓީ އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގުޅިގެން ތަރައްގީކޮށް ހިންގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.