29 މެއި 2022 - 07:19

އިންގްލެންޑް މީހަކު 36 ގަޑިއިރު ވަންދެން އުނދޯލި ހެއްލައިގެން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.
އުމުރުން 51 އަހަރުގެ ރިޗާޑް ސްކޮޓް ގިނިސް ވޯލްޑް ރިކޯޑުން ޖާގަ ހޯދަން އުނދޯލި ހެއްލި އިރު އޭނާ ވަނީ ކޮންމެ އެއް ގަޑިއިރަކުން ފަސް މިނެޓްގެ ބްރޭކެއް ނަގައިފަ އެވެ.
ކުރިން މި ރެކޯޑް އޮތީ ކުއިން ލެވީ ނަމަކަށް ކިޔާ މީހެއްގެ އަތުގަ އެވެ. އޭނާއަށް އެ ރެކޯޑު ލިބުނީ 34 ގަޑިއިރު ވަންދެން އުނދޯލި ހެއްލައިގެން 2020 ގަ އެވެ.
ރިޗާޑް ބުނެފައިވާ ގޮތުގައި އެ ރެކޯޑު މުގުރާލިއިރު އޭނާގެ ފައިގައި ވަރަށް ރިއްސި އެވެ. އެނޫން މައްސަލައެއް ދިމާ ނުވާ ކަމަށް އޭނާ ބުންޏެވެ. އެއީ ވަރަށް ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައި ސިފަކުރިޔަސް އޭނާ ބުނީ މިއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.