28 މެއި 2022 - 07:59

އައި ކެއާ އޮޕްޓިކަލްސްގެ ވެބްސައިޓުގައި "ވާޗުއަލް ޓްރައި އޮން" ގެ ނަމުގައި ހާއްސަ ފީޗާއެއް ތައާރަފުކޮށްފި އެވެ.

އެއީ އައި ކެއާ އިން ވިއްކާ އެކި ކަހަލަ އައިނުތައް ވާޗުއަލީ ތަޖުރިބާ ކުރެވޭނެ ފީޗާ އެކެވެ. ފޯނުގެ ކެމެރާ އިން ނުވަތަ ސެލްފީއެއް ވެބްސައިޓަށް އަޕްލޯޑު ކޮށްގެން އެ ފީޗާ ބޭނުން ކުރެވޭނެ އެވެ. އެއީ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް، އެ މީހެއްގެ ރަށުގައި ހުރެގެން ވެސް އައިނު ގަތުމުގެ ކުރިން، އެ އައިނު އެޅުމުން ހުންނާނެ ގޮތް ދައްކައިދޭ ފީޗާ އެކެވެ.

އައިކެއާ އިން ބުނީ އެ ތަނުގެ އަމާޒަކީ ފަސޭހަކަމާއެއެކު، ހުރިހާ ހިދުމަތްތަކެއް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފޯރު ކޮށްދިނުން ކަމަށެވެ. ހާއްސަކޮށް ކޮވިޑްގެ ތެރޭގައި އޮންލައިންކޮށް ހިދުމަތްތައް ލިބެން ހުރުމުގެ މުހިންމުކަން ތަޖުރިބާ ކުރެވުނު ކަމަށާއި އަލަށް ތައާރަފުކުރި ފީޗާއިން ގިނަ ބަޔަކަށް ލުއިތަކެއް ލިބޭނެ ކަމަށް އައި ކެއާ އިން ބުނެ އެވެ.
"ވާޗުއަލް ޓްރައި އޮން"ގެ ފީޗާ ރަސްމީކޮށް ތައާރަފު ކޮށްދެއްވީ، އެ ތަނުގެ 19 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި އައި ކެއާގެ ފައިނޭންސް އަދި ބިޒްނަސް ޑިވެލޮޕްމެންޓުގެ ގްރޫޕް ޑިރެކްޓަރު މުހައްމަދު ހިފާޒެވެ.
"ވާޗުއަލް ޓްރައި އޮން" ގެ ފީޗާއާއެކު، އޮންލައިންކޮށް ވިޔަފާރިކުރާ މީހުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން، އޮންލައިންކޮށް އައިނު ގަންނަ މީހުންނަށް ހަދިޔާއެއް ލިބޭނެ އެވެ. އެ ފީޗާ ބޭނުންކުރާނެ ގޮތުގެ އިތުރު ތަފްސީލު އައި ކެއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބޭނެ އެވެ.