100 ޕްލަސްގެ ރާއްޖޭގެ އެމްބެސެޑަރުންނަށް މަޝްހޫރު ފަސް ކުޅުންތެރިއަކު ހަމަޖައްސައިފި
100 ޕްލަސްގެ ރާއްޖޭގެ އެމްބެސެޑަރުންނަށް މަޝްހޫރު ފަސް ކުޅުންތެރިއަކު ހަމަޖައްސައިފި

ރެޑްވޭވް އިން ރާއްޖޭގައި ވިއްކާ 100 ޕްލަސް ސްޕޯޓްސް ޑްރިންކްގެ އެމްބެސަޑަރުންނަށް ދިވެހި މަޝްހޫރު ފަސް ކުޅިވަރު ކުޅުންތެރިއަކު ރޭ ހަމަޖައްސައިފި އެވެ.

100 ޕްލަސްގެ ރާއްޖޭގެ އެމްބެސެޑަރުންނަށް މަޝްހޫރު ފަސް ކުޅުންތެރިއަކު ހަމަޖައްސައިފި
100 ޕްލަސްގެ ރާއްޖޭގެ އެމްބެސެޑަރުންނަށް މަޝްހޫރު ފަސް ކުޅުންތެރިއަކު ހަމަޖައްސައިފި

ކުޅިވަރު ކުޅުންތެރިންނަށް ހާއްސަކޮށް އުފައްދާފައިވާ 100 ޕްލަސްގެ އެމްބެސެޑަރުންނަށް ހަމަޖެއްސީ، ރާއްޖޭގެ އެއްވަނަ ފެތުންތެރިޔާ އައިމިނަތު ސަޖަން އާއި އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު އަފްނާން ރަޝީދާއި ގިނަ ފުޓްސަލް މުބާރާތްތަކަކުން އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ހޮވިފައިވާ މުހައްމަދު ނާޝިދު (ނާއްޓެ) އާއި އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަހުމަދު އަދުހަމް އަދި ރާއްޖޭގެ ފުރަތަމަ ސްކޭޓްބޯޑިން ކޯޗު އަހުމަދު ނާއިޝް އެވެ.

100 ޕްލަސްގެ ރާއްޖޭގެ އެމްބެސެޑަރުންނަށް މަޝްހޫރު ފަސް ކުޅުންތެރިއަކު ހަމަޖައްސައިފި
100 ޕްލަސްގެ ރާއްޖޭގެ އެމްބެސެޑަރުންނަށް މަޝްހޫރު ފަސް ކުޅުންތެރިއަކު ހަމަޖައްސައިފި

ސީޓީ ގާޑަން ރެސްޓޯރަންޓުގައި ރޭ އިރާކޮޅު ބޭއްވި ރަސްމިއްޔާތެއްގައި، އެ މީހުންނާ އެކު އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މިއީ ރެޑްވޭވް އިން ކުރިއަށް ގެންދާ stayhydrated# ކެމްޕޭނުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފަސް އެމްބަސަޑަރުން މެދުވެރިކޮށް، 100 ޕްލަސް އާއި އެނާޖީ ޑްރިންކްތަކާ ދެމެދު ހުރި ތަފާތު ކިޔައިދިނުމުގެ އިތުރަށް، ގިނަ އިން ދިޔާ އެއްޗެހި ބުއިމުގެ މުހިއްމުކަމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ގިނަ ހަރަކާތްތައް ހިންގަން ވަނީ ނިންމައިފަ އެވެ.

އެނާޖީ ޑްރިންކްތަކާ ހިލާފަށް، 100 ޕްލަސް އަކީ އައިސޮޓޯނިކް ޑްރިންކެކެވެ. އެނާޖީ ޑްރިންކުތަކުން ހަށިގަނޑަށް ހަކަތަ ލިއްބައި ދެނީ އޭގައި އެކުލެވިގެންވާ ގިނަ އަދަދެއްގެ ހަކުރުގެ ސަބަބުންނެވެ. އެކަމަކު، އައިސޮޓޯނިކް ޑްރިންކުތަކްގައި ހަކުރާއި ލޮނުގެ މިންވަރު ވަރަށް ބޮޑަށް މަދެވެ. މި ވައްތަރުގެ ބުއިންތަކުން ހަށިގަނޑަށް ހަކަތަ ލިއްބައި ދެނީ އޭގައި ހިމަނާފައިވާ އިލެކްޓްރޮލައިޓްސް އާއި އެ ނޫން ވެސް ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަ މާއްދާތަކުންނެވެ.

ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށް ވިއްކާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ރެޑްވޭވް އިން މާލޭގައި ހަތަރު ފިހާރަ އަދި ހުޅުމާލޭގައި ފިހާރައެއް ހިންގަ އެވެ. މީގެ އިތުރުން، ފުޅާ ދާއިރާއެއްގައި މުދާ ހޯލްސޭލް ވެސް ކުރެ އެވެ.